ކޮރަޕްޝަންގެ ދެ މައްސަލައެއްގައި ހަސީނާ 10 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެެވެ.
ބަންގްލަދޭޝްގެ ހާއްސަ ކޯޓެއްގައި ކުރިޔަށް ދިޔަ އަޑުއެހުމެއްގައި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ 10 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ކޮރަޕްޝަނާ ގުޅުން ހުރި ދެ މައްސަލައެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުން ހަސީނާގެ މައްޗަށް ވަނީ ސަރުކާރުގެ ބިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދީފައިވާ ދެ މައްސަލައެއް ސާބިތުވެފައެވެ.
ޑާކާގައި ހުންނަ ސްޕެޝަލް ޖަޖު ކޯޓުން ވަނީ ހަސީނާ އޭނާގެ ވެރިކަމުގައި ބާރުގަދަ މަގާމެއްގައި ހުރެގެން އެ އަމަލު ހިންގިކަމަށް ތަހުގީގަށް ސާބިތުވެފައިވާ ކަމަށް ބުނެފައިވެއެވެ.
އެ މައްސަލައިގައި ހަސީނާގެ އިތުރުން އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ހަސީނާއާ އާއިލީ ގޮތުން ގުޅުން ހުރި ޓިއުލިޕް ސިއްދީގްގެ މައްޗަށްވެސް މި ދެ މައްސަލައިގެ ތެރެއިން އެއް މައްސަލައިގައި ހަތަރު އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ. އަނެއް މައްސަލައިގައި އޭނާގެ މައްޗަށް ހަތް އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ.
ޝެއިހް ހަސީނާގެ މައްޗަށް އެގައުމުގެ ކޯޓުން ޖަލު ހުކުމް ކުރިނަމަވެސް ހަސީނާ ވަނީ އެގައުމުގެ ސަރުކާރާ ދެކޮޅަށް ކުރަމުން ދިޔަ މުޒާހަރާތަކުގެ ސަބަބުން ސަރުކާރު ވެއްޓި ނުރައްކަލާ ކުރިމަތިވުމުން ގައުމު ދޫކުރައްވައި އިންޑިއާއަށް ވަޑައިގެންފައެވެ.
މުހައްމަދު އައުޒަމް
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް