މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން، އެއާޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށާއި ފަންނީ މިންގަނޑުތައް ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
އެ ބެޗު އިފްތިތާހުކުރުމަށް ހުޅުލެ އައިލެންޑް ހޮޓެލްގައި މިއަދު ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު ފަސީހެވެ.
އެ ރަސްމިއްޔާތުގައި ހެޑް އޮފް އެސްޓޭޓް ސެކިއުރިޓީ ސާވިސްގެ ޖެނެރަލް މެނޭޖަރު ހަސަން އަޝީތުގެ އިތުރުން އެ ޑިޕާޓްމަންޓުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ފުލުހުންނާ ގުޅިގެން އެ ޕްރޮގްރާމު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް އިންނެވެ.
އެމްއޭސީއެލުން ބުނީ ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އެ ޕްރޮގްރާމުގައި، އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ސާވިސް (އީއެސްއެސް)ގެ 28 އޮފިސަރުން ބައިވެރިވާނެ ކަމަށެވެ.
އަމަލީ ތަމްރީނުތަކާއި، ތިއަރީ ހިމެނޭހެން ފަރުމާކޮށްފައިވާ އެ ޕްރޮގްރާމްގައި ކިޔަވައިދެވޭ ބައިތަކުގެ ތެރޭގައި ގާނޫނީ އޮނިގަނޑުތަކާއި، ފަންނީ އަހުލާގާއި، ޕެޓްރޯލް ކުރުމުގެ އުކުޅުތަކާއި، ހެކި ދެނެގަތުމާއި، އަމިއްލަ ނަފްސުގެ ދިފާއާއި، ޖިސްމާނީ ދުޅަހެޔޮކަން އަދި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުން ހިމެނޭ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ފާތިމަތު ލިއުޝާ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް