މާލޭ ވިޔަފާރި ބަނދަރަށް ގެންނަ ކޮންވެންޝަނަލް ކާގޯ (ކޮންޓޭނަރަށް ނުލައި ގެންނަ މުދާ) ގެ ތެރެއިން، މާލޭ ވިޔަފާރި ބަނދަރުގެ "އޯޕަން ސްޓޯރޭޖް އޭރިޔާ"ގައި ސްޓޯކުރާ މުދަލަށް ދޭ "ފްރީ ސްޓޯރޭޖް" މުއްދަތު އިތުރުކުރަން ނިންމައިފިއެވެ.
މީގެ ކުރިން ބަނދަރުގެ "އޯޕަން ސްޓޯރޭޖް އޭރިޔާ" ގައި ބަހައްޓާ ކޮންވެންޝަނަލް ކާގޯއަށް "ފްރީ ސްޓޯރޭޖް"ގެ ގޮތުގައި ކުރިން ދެނީ ފަސް ދުވަހެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ އެ ބަދަލު ގެނެސްފައިވަނީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމަށާއި އިގުތިސޯދީ ގޮތުން އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ.
އެމްޕީއެެލުން ބުނީ މާދަމާއިން ފެށިގެން އެ ބަދަލަށް އަމަލުކުރަން ފަށާނެ ކަމަށެވެ.
އަލީ ޔާމިން
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް