ރާއްޖެ އާއި ރާއްޖޭން ބޭރަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭ ސްވައިޕްގެ ލިމިޓެޑް ރިލީޒަށް ރެޖިސްޓްރޭޝަނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވާލައިފިއެވެ.

ބީއެމްއެލުން ބުނީ މިއީ ފައިސާގެ މުއާމަލާތްތައް ކުރުމުގައި 100 ޕަސަންޓު ދިވެހި އުފެއްދުމެއް ތަޖުރިބާކޮށްލުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި މި ލިމިޓެޑް ރިލީޒްގައި ސްވައިޕް ބޭނުންކުރުމުގެ ފުރުސަތު ލިބޭނީ https://www.swipe.mv މެދުވެރިކޮށް ރަޖިސްޓާވާ ފުރަތަމަ 5،000 ކަސްޓަމަރުންނަށެވެ.

ސްވައިޕްއާ ގުޅޭގޮތުން ބީއެމްއެލުން ބުނީ:

  • ރަޖިސްޓާވުމަށްފަހު ކަސްޓަމަރުންނަށް ސްވައިޕްގެ ފީޗާތައް ބޭނުންކުރެވޭނެ. އެގޮތުން ޕާސަންޓު-ޕާސަން ޓްރާންސްފާތަކާއި ކިއުއާރް މެދުވެރިކޮށް ކުރެވޭ ފައިސާގެ މުއާމަލާތްތަކާއި ސްވައިޕް މެދުވެރިކޮށް ހޭދަކުރެވޭ ގޮތުގެ އިންސައިޓްސް ބަލައިލެވޭނެ
  • ޕޭމަންޓް ލިންކް ފޮނުވޭނެ
  • ފަސޭހަކަމާއެކު ޓޮޕްއަޕްކޮށް، ވޮލެޓްގައި ހުރި ފައިސާ ބީއެމްއެލް އެކައުންޓަށް އަނބުރާ ފޮނުވޭނެ
  • ސްވައިޕަށް ރެޖިސްޓާ ކުރާނެ ލިންކަކީ www.swipe.mv

ބީއެމްއެލުން ބުނީ ސްވައިޕް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ރެގިއުލޭޓަރީ މިންގަނޑުތަކާއި އިންޓަނޭޝަނަލް ޕޭމަންޓް ސްޓޭންޑާޑްތަކާ އެއްގޮތަށް ކަމަށެވެ. އަދި މަލްޓި-ކަރަންސީ ވޮލެޓެއްގެ ގޮތުގައި ބޭނުންކުރެވޭ ސްވައިޕް ޓޮޕްއަޕް ކުރުމަށް ބީއެމްއެލްގެ އެކައުންޓުތަކާއި ކޮންމެ ކްރެޑިޓް އަދި ޑެބިޓް ކާޑެއްވެސް ބޭނުންކުރެވޭނެ ކަމަށެވެ.