އައްޑޫ ސިޓީގެ، ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ދެކުނުގެ ވައިގެ މައި ހަބަކަށް ހަދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ އައްޑޫ އަތޮޅާއި، ފުވައްމުލަކާއި، ގއ.އަތޮޅު އަދި ގދ. އަތޮޅު މޯލްޑިވިއަންގެ ދަތުރުތަކުން ގުޅާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މެދުއިރުމަތީގެ އެއާލައިންތައް އަދި ޗައިނާގެ އެއާލައިންތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ އެއާލައިންތައް ބޮޑެތި ލުއިތަކެއް ދީގެންނަމަވެސް ގެންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އެެއާޕޯޓްގެ ހާލަތު ބަދަލުކުރާނަން. ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ އެއާލައިންތައް އަންނަ، ރާއްޖޭގެ ވައިގެ ސަދާން ހަބް ކަމުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދާނަން،" އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ދުނިޔޭގެ ކޮމާޝަލް އެއާލައިންތަކުން އޮޕަރޭޓްކުރާ ހުރިހާ ސައިޒެއްގެ މަތިންދާބޯޓެއް އޮޕަރޭޓްކުރެވޭނެ ކެޕޭސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުފައި އެބަހުރި ކަމަށެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓަށް، އެއާލައިންތައް ގެނައުމަށް މަސައްކަތް ކުރަންޖެހޭ ވަރަށް މީގެކުރިން ކޮށްފައިނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން