އީޔޫގެ ޓެރަރިސްޓް ލިސްޓަށް އިރާނުގެ ރެވޮލިއުޝަަނަރީ ގާޑުން ހިމަނައިފިއެވެ.
ޔޫރަޕިއަން ޔޫނިއަން އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ ގުރޫޕުތައް ހިމަނާ ލިސްޓަށް އިރާނުގެ ރެވެލިއުޝަނަރީ ގާޑުން އިތުރުކޮށްފައިވަނީ އިރާނުގައި ދާދިފަހުން ހިނގައިދިޔަ މުޒާހަރާތަކާ ދެކޮޅަށް ރެވޮލިއުޝަަނަރީ ގާޑުން އަމަލު ކުރި ގޮތުގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެއެވެ.
އިރާނުގެ މައި ސެކިއުރިޓީ ފޯސް ޓެރަރިސްޓުންގެ ލިސްޓަށް އީޔޫއިން އިތުރުކޮށްފައިވާ އިރު އެލިސްޓުގައި އަލްގައިދާގެ އިތުރުން އިސްލާމިކް ސްޓޭޓްވެސް ހިމެނެއެވެ.
ޑިސެމްބަރުން ފެށިގެން ދާދި ފަހަކާ ޖެހެންދެން އިރާނުގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ކުރިޔަށް ގެންދިޔަ މުޒާހަރާތަކުގައި އެތައް ހާސް މީހުން މަރާލާފައިވާ ކަމަށް އިންސާނީ ހައްގުތަކާ ބެހޭ ގުރޫޕުތަކުން ތުހުމަތު ކުރެއެވެ.
އީޔޫއިން ޓެރަރިސްޓުންގެ ލިސްޓަށް އިރާނުގެ މައި ފޯސް އެރުމާއެކު ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ރެވޮލިއުޝަަނަރީ ގާޑުންގެ ފަރާތްތަކަށް ފުރުން މަނާކުރުމުގެ އިތުރުން މުދާ ފްރީޒްކޮށް އީޔޫއާ ގުޅުންހުރި ހުރިހާ ފަރާތްތަކާ އޮންނަ ގުޅުން ކެނޑޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ރައްޔިތުންގެ މަޖިލިސް
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
އެއްމެނާހަގުރާމަކުރާއެމެރިކާނުހިމެނީކީއްވެ
ޢިއްބެ - 5 މަސް ކުރިން
ޢައި ޑީ އެފް (އިސްރާއިލް ޑިފެންސް ފޯސް) މި ލިސްޓަށް ލާކަށް ނުޖެހޭ ހެއްޔެވެ؟
އަލިބެ - 5 މަސް ކުރިން