މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބޭންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ މައްސަލައެއްގައި އިތުރު ތިން މީހުން ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން 10 މީހަކު މިމަހު 26 ގައި ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލައިގައި ފަހުން ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ / ނާދީ، މުނާޒު ޖައުފަރު (24އ) އާއި ގދ. ގައްދޫ / އަތިރީއައްސޭރި، މުހައްމަދު ނާއިޝް ނަބީލް (24އ) އާއި ސ. ހިތަދޫ / ހާލަމް، ހަސަން ވިއާމް (19އ) އެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުނާޒު 15 ދުވަހަށް، ނާއިޝް ނަބީލް ހަތް ދުވަހަށް އަދި ހަސަން ވިއާމް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި މީގެ އިތުރުން، އެ މައްސަލައާ ގުޅިގެން ކުރިން ހައްޔަރުކުރި ގއ. ކަނޑުހުޅުދޫ / ފޫހިވާގެ، މުހައްމަދު ޢަލީ (42އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ލ. އިސްދޫ، ގުޑްލައިފް، މުހައްމަދު ހަސަން (59އ)، ސ. ހިތަދޫ، އުދަ، އަލީ އިރުފާނު އަހުމަދުދީދީ (26އ)، ސ. ހިތަދޫ، ނަންރީތިގެ، އަލީ ޝިރާޒު (38އ)، ހދ. ވައިކަރަދޫ، ޕެރިމްރޯޒް، އަބްދުﷲ ނާފިޒް (39އ)، ގއ. ކަނޑުހުޅުދޫ، ފޫހިވާގެ، މުހައްމަދު އަލީ (42އ)، މ. މާލޭގެއާގެ، މާލެ، މުހައްމަދު ނުހާދު އަލީ (30އ)، ހއ. ކެލާ، ޕެނަމާ، މުހައްމަދު ސިމާދު (38އ)، ގދ. ފިޔޯރީ، ހީނާމާގެ، އަލީ އިމްރާން (38އ) އަދި ގދ. ތިނަދޫ، ގުލްބަކާގެ، އަބްދުﷲ އިސްރާގް (19އ)، ކ. ހިންމަފުށި، މެޑޯޒް، މުޖައްމަދު އިބްރާހީމް (49އ) ---- ފޮޓޯ: ޕޮލިސް

އެ މައްސަލައިގައި ކުރިން ހައްޔަރުކޮށްފައިވާ 10 މީހުންނަކީ ލ. އިސްދޫ، ގުޑްލައިފް، މުހައްމަދު ހަސަން (59އ)، ސ. ހިތަދޫ، އުދަ، އަލީ އިރުފާނު އަހުމަދުދީދީ (26އ)، ސ. ހިތަދޫ، ނަންރީތިގެ، އަލީ ޝިރާޒު (38އ)، ހދ. ވައިކަރަދޫ، ޕެރިމްރޯޒް، އަބްދުﷲ ނާފިޒް (39އ)، ގއ. ކަނޑުހުޅުދޫ، ފޫހިވާގެ، މުހައްމަދު އަލީ (42އ)، މ. މާލޭގެއާގެ، މާލެ، މުހައްމަދު ނުހާދު އަލީ (30އ)، ހއ. ކެލާ، ޕެނަމާ، މުހައްމަދު ސިމާދު (38އ)، ގދ. ފިޔޯރީ، ހީނާމާގެ، އަލީ އިމްރާން (38އ) އަދި ގދ. ތިނަދޫ، ގުލްބަކާގެ، އަބްދުﷲ އިސްރާގް (19އ)، ކ. ހިންމަފުށި، މެޑޯޒް، މުޖައްމަދު އިބްރާހީމް (49އ) އެވެ.

މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބޭންކު އެކައުންޓުން 279،600 އަށްވުރެ ގިނަ ފައިސާ ނަގާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ފުރަތަމަ ހައްޔަރުކުރި 10 މީހުންގެ ތެރެއިން ހަ މީހުންނަކީ ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެ މީހުންގެ އެކައުންޓަށް ޖަމާކޮށް ފައިސާ ނަގާފައިވާ މީހުންކަމަށް ފުލުހުން ބުންޏެވެ. އަދި އެތަނުން އެކަކު، ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެކި ވިޔަފާރިތަކަށް ޖަމާކޮށް އެ ފައިސާއަށް މުދާ ގަނެފައިވާކަމަށް ފުލުހުން ބުންޏެވެ.

އަނެއް ތިން މީހުންނަކީ އެކި މީހުން އޭޓީއެމްއަށް ގެންގޮސްގެން އެ މީހުން މެދުވެރިކޮށް އޭޓީއެމްއިން ފައިސާ ނެގުމަށްފަހު އެ ފައިސާތަކާ ހަވާލުވެފައިވާ މީހުންކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.