ރާއްޖޭގައި ގާއިމްކުރާ އިގްތިސޯދީ ހާއްސަ ސަރަހައްދު ނުވަތަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ތަރައްގީ ކުރާ ފުރަތަމަ ޓައުންޝިޕް މަޝްރޫއު، "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް" މަޝްރޫއުގެ ސަބަބުން އިންވެސްޓަރުންގެ ޔަގީންކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ނ. އަތޮޅުގައި މިއަދު ބޭއްވި ޓައުންޝިޕް ތަރައްގީކުރުމުގެ އަމަލީ މަސައްކަތުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ޓައުންޝިޕް މަޝްރޫއުގެ ސަބަބުން، އިމާރާތްކުރުމުގެ ދާއިރާ، ރީޓެއިލް ވިޔަފާރީގެ ދާއިރާ، ތައިލީމު އަދި ސިއްހީ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބި ހަރުދަނާވެގެންދާނެ ކަމަށެވެ. ސައީދު ވިދާޅުވީ އޭގެ އިތުރުން ޓެކްނޮލޮޖީގެ ދާއިރާއިންވެސް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ.
"އައިލާ ފަދަ މަޝްރޫއުތަކުގެ ސަބަބުން ރާއްޖެއަކީ ހަމައެކަނި ޗުއްޓީ ހޭދަކޮށްލަން އަންނަ މަންޒިލެއްގެ ބަދަލުގައި، ދިރިއުޅުމަށާއި އިންވެސްޓް ކުރުމަށް އެންމެ އެކަށީގެންވާ ތަނެއްގެ ގޮތުގައި ދުނިޔެއަށް ބަލައިގަންނާނެ،" ސައީދު ވިދާޅުވިއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން ފަތުރުވެރިންގެ އާދަތަކަށް ބަދަލުތަކެއް އައިސްފައިވާ މި ދަނޑިވަޅުގައި އާ ގޮތްގޮތެއް އީޖާދުކޮށް، ފަތުރުވެރިންގެ ޝައުގުވެރިކަން ހޯދުމަކީ މަޖުބޫރު ކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ.
އާއިލީ މަޝްރޫއު ނުވަތަ ޓައުންޝިން މަޝްރޫއަކީ ރާއްޖޭގެ ފަތުރުވެރިކަމާއި އިގުތިސޯދާ މެދު އާ ނަޒަރިއްޔާތަކުން ވިސްނާލުމަށް ލިބުނު ފުރުސަތެއް ކަމަށް ސައީދު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
މި ހަބަރު ކިޔުމުން އެނގުނު އެއްވެސް އެއްޗެއް ނެތް. މީ ކޮންކަމެއް ހިނގާ މަސްރޫއެއްކަންވެސް އޮޅުމެއް ނުފިލާ. މި ހަބަރު ލިޔުނު މީހާވެސް ބުނާނެ ތިމަންނައަކީ ޖާނަލިސްޓެކޭ.
އަހުމަދު - 5 މަސް ކުރިން