ދިރާގު ފިންޓެކްއިން ކުރިއަށް ގެންދިޔަ ދިރާގު ޕޭ ޑައުންލޯޑުކޮށް ރަޖިސްޓަރީކޮށްގެން 50،000 ރުފިޔާ ހޯދުމުގެ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފިއެވެ.
ދިރާގުން މިއަދު ބުނީ ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނީ މުހައްމަދު އިބްރާހިމް ކަމަށެވެ.
ދިރާގުން ބުނީ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވާފައިވަނީ ދިރާގުޕޭއަށް ރަޖިސްޓަރީކޮށްފައިވާ އަދި އަލަށް ރަޖިސްޓަރީ ކުރި ކަސްޓަމަރުންގެ މެދުގައި ގުރުއަތުލައިގެން ކަމަށެވެ.
އެ ޕްރޮމޯޝަންގައި ގިނަ އަދަދެއްގެ ކަސްޓަމަރުން ބައިވެރިވި ކަމަށް ދިރާގުން ބުންޏެވެ.
މިޕްރޮމޯޝަނަކީ ދިރާގު ޕޭގެ ކަސްޓަމަރުންގެ އަގުވަޒަން ކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ޕްރޮމޯޝަނެއް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށްވެސް ދިރާގުން ބުންޏެވެ.
މުހައްމަދު އިޝާން
ދިރާގު
ދިރާގު
ދިރާގު
ދިރާގު