ބީއެމްއެލްގެ ކްރެޑިޓް ކާޑުތަކަށް މިހާރު ދީފައިވާ ޑޮލަރު ލިމިޓު އަންނަ މަހުން ފެށިގެން ބޮޑުކުރަން ނިންމައިފިއެވެ.
ބީއެމްއެލް އިން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި ބަދަލާއެކު، ކްލެސިކް ކްރެޓިޑް ކާޑުތަކުގެ ލިމިޓް ވަނީ 750 ޑޮލަރުން 1400 ޑޮލަރަށް މަތިކޮށްފައެވެ.
މީގެ އިތުރުން ގޯލްޑް ކްރެޓިޑް ކާޑުތަކުގެ ލިމިޓް ވަނީ 750 ޑޮލަރުން 1500 ޑޮލަރަށް މަތިކޮށްފައެވެ. އަދި ޕްލެޓިނަމް ކްރެޑިޓް ކާޑުތަކުގެ ލިމިޓް ވަނީ 1500 ޑޮލަރުން 3،000 ޑޮލަރަށް މަތިކޮށްފަ އެވެ.
ބީއެމްއެލް އިން ބުނީ ކްރެޑިޓް ކާޑުގެ ލިމިޓް މަތި ކުރިނަަމަވެސް ޑެބިޓް ކާޑު ބޭނުން ކުރެވޭ ގޮތަށް ބަދަލެއް ނާންނާނެއެވެ.
ބީއެމްއެލް އިން ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޑެބިޓް ކާޑުތަކުގެ ލިމިޓުވެސް މަތިކޮށްފައެވެ.
ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން 1،000 ޑޮލަރަށް ވަނީ ބޮޑުކޮށްފަ އެވެ. އަދި އެއާލައިންތަކުން ޓިކެޓް ނެގުމާއި ރާއްޖޭން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް މަތިކޮށްފައިވާއިރު، ބޭސްފަރުވާއަށް ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާއަށް ބޭންކުގައި އެދުމުން ޑެބިޓް ކާޑުން ހޮސްޕިޓަލަށް ދެއްކޭނެ ގޮތްވެސް ވަނީ ހަމަޖައްސައިފައެވެ.
އަލީ ޔާމިން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް