މިދިޔަ އަހަރު ތަކެތީގެ އަގު 0.95 ޕަސަންޓް މައްޗަށް ދިޔަ ކަމަށް މޯލްޑިވްސް ސްޓެޓިސްޓިކްސް ބިޔުރޯ (އެމްބީއެސް) އިން ބުނެފިއެވެ.
އެމްބީއެސްއިން އާންމުކޮށްފައިވާ އީސީޕީއައި އިންޑެކްސްގައިވާ ގޮތުން 2024 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އަސާސީ ތަކެތީގެ އަގުތައްވަނީ 0.95 ޕަސަންޓް މައްޗަށް އަރައިފައެވެ.
އީސީޕީއައި އިންޑެކްސްގައިވާ ގޮތުން މިދިޔަ އަހަރު އަގުތައް އެންމެ ބޮޑަށް މަތިވެފައިވަނީ ކޮސްމެޓިކް ބާވަތްތަކުގައެވެ. ރިޕޯޓުގައިވާ ގޮތުން ކޮސްމެޓިކް ސާމާނުތަކުގެ އަގުތައް ވަނީ 4.48 ޕަސަންޓަށް ބޮޑުވެފައެވެ.
މިދިޔަ އަހަރު ކާތަކެތީގެ އަގުތައް ވަނީ 0.43 ޕަސަންޓަށް މަތިވެފައި ކަމަށާއި ބުއިންތަކުގެ އަގުތައް ވަނީ 2.45 މަތިވެފައި ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ގޭހުގެ އަގުތައް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ގޭހުގެ ބާވަތްތައް 1.02 ޕަސަންޓަށް އަގު ހެޔޮވެފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
ރިޕޯޓުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅައި ބަލާއިރު، ޑިސެމްބަރު މަހުގައި ތަކެތީގެ އަގުތައް ވަނީ ބޮޑުވެފައެވެ. އެގޮތުން ތަކެތީގެ ޖުމްލަ އަގު 0.51 ޕަސަންޓަށް މަތިވެފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މުހައްމަދު އިޝާން
ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް
ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް
ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް
ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް