ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން މިދިޔަ އަހަރު 8.3 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ފޯރުކޮށްދީފައިވާކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.
އެމްއޭސީއެލުން އިއްޔެ އާންމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން އެ އަދަދަކީ 2024 ވަނަ އަހަރާ އަޅާބަލާއިރު ހަތް ޕަސަންޓުގެ ކުރިއެރުމެކެވެ.
ތަފާސްހިސާބުގައިވާ ގޮތުން ވީއައިއޭއިން ވަނީ މިދިޔަ އަހަރު 5.38 މިލިއަން އިންޓަނޭޝަނަލް ޕަސެންޖަރުންނަށް ހިދުމަތް ފޯރުކޮށްދީފައެވެ. އަދި 1.17 މިލިއަން ޑޮމެސްޓިކް ޕަސެންޖަރުންނަށް ވީއައިއޭއިން ހިދުމަތް ފޯރުކޮށްދީފައިވާކަމަށް ތަފާސްހިސާބުގައި ބުންޏެވެ. އަދި 1.73 މިލިއަން ޕަސެންޖަރުންނަކީ ސީ ޕްލޭން ޕަސެންޖަރުންކަމަށް ތަފާސްހިސާބުގައިވެއެވެ.
ވީއައިއޭއިން އެއް ދުވަހާ އެންމެ ގިނަ ފަސިންޖަރުން ހިދުމަތް ދިން ދުވަހަކީ މިދިޔަ މަހު 28 ކަމަށާއި އެ ދުވަހު ފުރޮޅުލީ ބޯޓުތަކުގައި ދަތުރުކުރި 27،381 ފަސިންޖަރުންނަށް ވީއައިއޭއިން ހިދުމަތް ފޯރުކޮށްދީފައިވާކަމަށް ތަފާސްހިސާބުގައިވެއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހަކީ ސީ ޕްލޭން ދަތުރުތަކަށް އެންމެ ބާރުބޮޑުވި ދުވަސް ކަމަށާއި އެ ދުވަހު 7،439 މީހަކު ސީ ޕްލޭންއިން ދަތުރުކޮށްފައިވާކަމަށް ތަފާސްހިސާބުގައި ބުންޏެވެ.
މުހައްމަދު އިޝާން
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް