ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު، އެ މަގާމުން ވަކިކޮށްފިއެވެ.
އެކަމާ ގުޅޭގޮތުން ހޯމް މިނިސްޓްރީގެ ތަރުޖަމާނު ފާތިމަތު ރިފާތު މިރޭ "ވަން" އަށް ވިދާޅުވީ އޭނާ މަގާމުން ވަކި ކޮށްފައިވަނީ މިއަދު ކަމަށެވެ.
އަދި އަބްދުލްމަޖީދު ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުން ވަކިކުރައްވާފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ކަމަށެވެ.
އެކަމާ ބެހޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މަގާމުން ވަކިކުރެއްވި އިރު އޭނާ ހުންނެވީ ހޯމް މިނިސްޓްރީގެ ދަށުގައި އޮންނަ ބިދޭސީންގެ ކަންކަން ބަލަހައްޓާ، ފޮރިން ލޭބާ ޑިޕާޓްމަންޓްގެ އިސްވެރިޔާގެ މަގާމުގައެވެ. އަދި ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ގެ ކަންކަން ބެލެހެއްޓުމާ މިހާތަނަށް ހަވާލުވެ ހުންނެވީ ވެސް އޭނާއެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ