ސާވިކަލް ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ބަލި ދެނެގަތުމަށް ކުރާ ސްކްރީނިންއަށް ބާރުއެޅުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ.
އަންހެނުންގެ ދުޅަހެޔޮކަމަށް އިސްކަންދީގެން ކުރިއަށްގެންދާ އެ ޕުރޮމޯޝަންގެ ދަށުން، އެ ހޮސްޕިޓަލުގެ 'ސާވިކަލް ކެންސަރު ސްކްރީނިން ޕެކޭޖް' އިން 15 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމައިފައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ޕްރޮމޯޝަން ކުރިއަށްދާނީ އިއްޔެ އިން ފެށިގެން މިމަހުގެ 25 ގެ ނިޔަލަށް ކަމަށާއި އެ ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ ސާވިކަލް ކެންސަރާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމާއި، މާލީ ގޮތުން ކުރިމަތިވާ ހުރަސްތައް ކުޑަކޮށް، ވީހާވެސް ގިނަ އަންހެނުންނަށް ސްކްރީން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
ބަލިން ރައްކާތެރިވުމަށް ކުރިއާލާ ސްކްރީން ކުރުން މުހިންމު
ސާވިކަލް ކެންސަރަކީ ސިއްހީ ގޮތުން ބޮޑު ނުރައްކަލެއް ނަމަވެސް، މިއީ ކުރިއާލާ ދެނެގަނެވިއްޖެނަމަ ފަރުވާކޮށްގެން ފަސޭހައިން ރައްކާތެރިވެވޭނެ ބައްޔެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނިގޮތުގައި، އެ ކެމްޕޭނަކީ އަންހެނުންގެ ދިގު މުއްދަތުގެ ސިއްހީ ދުޅަހެޔޮކަމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މިއީ ގަވާއިދުން ޗެކަޕް ހެދުމަށް ބައިނަލްއަގުވާމީ އަދި ގައުމީ ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެ ޕެކޭޖުގެ ދަށުން ރަހިމުގެ ދޮރުގެ ހާލަތު ދެނެގަތުމަށް ބޭނުންވާ މުހިންމު ޓެސްޓުތައް ހެދޭނެއެވެ. މިއީ އެކި ސަބަބުތަކާ ހުރެ ސްކްރީނިން ހެދުން ލަސްވެފައިވާ ފަރާތްތަކަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. ހާއްސަކޮށް ގަވާއިދުން ސްކްރީން ކުރަންޖެހޭ އުމުރުގެ އަންހެނުންނާއި، މި ބައްޔާ ގުޅޭ އެއްވެސް ކަންބޮޑުވުމެއް ހުރި ފަރާތްތަކުން އެ ފުރުސަތުގެ ބޭނުން ހިފުމަށް އެ ހޮސްޕިޓަލުން އިލްތިމާސްކުރެއެވެ.
އެ ޕްރޮމޯޝަންގެ ދަށުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެކި މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް މިހާރު އެޕޮއިންޓްމަންޓް ބުކް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ފަރުވާތަކުގެ ހިދުމަތްތަކާއެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
އިތުރު މައުލޫމާތު ހޯދުމަށް 3351610 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އެދެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް