މިއަދުން ފެށިގެން 21 ދުވަސްވަންދެން ކޮންމެ ދުވަހަކު 5000 ރުފިޔާގެ ކޭޝް ވައުޗަރެއް ލިބޭ ޕްރޮމޯޝަނެއް ހިމެނޭހެން ދިރާގުން އަންނަ ރަމަޟާން މަހަށް ތައްޔާރުވެއްޖެއެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ހަފުލާގައި ދިރާގު "ރޯދަރެޑީ"ގެ ޕްރޮމޯޝަންސްތަކާ ގުޅޭ އިތުރު މައުލޫމާތު މީޑިއާތަކަށް ހިއްސާކުރައްވަމުން އެ ކުންފުނީގެ އެސިސްޓަންޓް މެނޭޖާ އިން ސްޕޮންސާޝިޕްސް ހަދީޖާ ނަޝާޔާ ނައީމް ވިދާޅުވީ ރޯދަމަހަށް ހާއްސަކޮށްގެންވެސް އަދި ރޯދަމަހުގެ ކުރިއަށް ތައްޔާރުވުމުގެ ގޮތުންވެސް ދިރާގުގެ ކަސްޓަމަރުންނަށް ވީހާވެސް ބޮޑަކަށް އެހީތެރުވެދިނުމުގެ ގޮތުން ވަރަށް ހާއްސަ ހަރަކާތްތަކެއް ރޭވިފައި ހުރި ކަމަށެވެ.
އެކަމާ ގުޅުންހުރި އިތުރު މައުލޫމާތު ހިއްސާކުރައްވަމުން ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަންސް އެކްޒެކެޓިވް ސުހާ އަލީ ވިދާޅުވީ ކޮންމެ އަހަރަކު ވެސް އެ ކުންފުނިން ކުރިއަށްގެންދާ ރޯދަރެޑީ ޕްރޮމޯޝަނަކީ އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ރޯދައަށް ތައްޔާރުވުމުގެ ގޮތުން ހުންނަ އެކިއެކި ބޭނުންތަކަށް އަގުހުރި ފުރުސަތުތަކެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށެވެ.
"މި އަހަރު ލޯންޗުކުރާ ރޯދަ ޕްރޮމޯޝަނަކީ އެހެން އަހަރުތަކަކާ އަޅައިބަލާއިރު ވަރަށް ތަފާތު އިނާމުތަކެއް ލިބިގެންދާނެ ޕްރޮމޯޝަނެއް. ޕްރޮމޯޝަން ކުރިއަށްގެންދާނީ ކުރިއަށް އޮތް ތިން ހަފުތާގެ ނިޔަލަށް. އެގޮތުން މިއަދުން ފެށިގެން 21 ދުވަސް ވަންދެން ކޮންމެ ދުވަހަކު 5000 ރުފިޔާގެ އަގުހުރި ކޭޝް ވައުޗަރެއް، ދިރާގު ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ކަސްޓަމަރަކަށް ލިބިގެންދާނެ،" ސުހާ ވިދާޅުވިއެވެ.
އެ ވައުޗާތަކަކީ ރާއްޖޭގެ މަގުބޫލު ފިހާރަތަކާއި އެއާލައިންތަކުން ވިޔަފާރިކުރުމުގެ ފުރުސަތު ލިބިގެންދާނެ ވައުޗަރުތަކެއް ކަމަށާއި އަދި ކޮންމެ ހަފުތާއަކު ނަސީބުވެރި އެއްފަރާތަކަށް އެއް މިނެޓުގެ ޝޮޕިން ސްޕްރީއެއް ލިބިގެންދާނެ ކަމަށެވެ. އެއް މިނެޓުގެ ތެރޭގައި ހިލޭ ބާޒާރުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ސުހާ ވިދާޅުވިއެވެ.
ދިރާގުގެ އެސިސްޓަންޓް މެނޭޖަރު، ޕްރިޕެއިޑް ޕްރޮޑަކްޝަން މާކެޓިން އައިޝަތު ސާރާ ވިދާޅުވީ މިފަހަރުގެ ރޯދަ ޕްރޮމޯޝަން ތައްޔާރުކޮށްފައިވަނީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ގޮތަކަށް ކަމަށެވެ.
"އެގޮތުން ޕްރިޕެންޑް ކަސްޓަމަރުންނަށް 50 ރުފިޔާއިން މަތީގެ އެޑް އޮންއެއް އެކްޓިވޭޓްކޮށްގެން، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެޑްއޮންއެއް ނުވަތަ ބޫސްޓާއެއް އެކްޓިވޭޓްކޮށްގެން އަދި އެފްބީޑީ ކަސްޓަމަރުންނަށް ބޫސްޓާއެއް އެކްޓިވޭޓްކޮށްގެން އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި" ސާރާ ވިދާޅުވިއެވެ.
އޭގެ އިތުރުން "ވިން ޓޫ ސްޕީޑްބޯޓްސް" ޕްރޮމޯޝަންގައި ބައިވެރިވެފައިވާ ފަރާތްތަކާއި އަދި ދިރާގު އެސް އައިސީ ކާޑު ބޭނުންކުރާ ކަސްޓަމަރުންގެ އިތުރުން މި މުއްދަތުގެ ތެރޭގައި އެއްވެސް ވެލިއު އެޑެޑް ސާވިސް ސަބްސްކްރިޕްޝަނެއް ބޭނުންކުރާ ކަސްޓަމަރުންވެސް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
ދިރާގުން ބުނީ އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް ދިރާގު އެޕް ބޭނުންކޮށްގެން ބައިވެރިވެވޭނެ ކަމަށާއި ދިރާގު ހޯމް ޕޭޖުގައި މިވަގުތު ރޯދަރެޑީގެ ޕްރޮމޯޝަންތަކާ ގުޅޭ މައުލޫމާތު ފެންނަން ހުންނާނެ ކަމަށެވެ.
ދިރާގު ވިން އަ ސްޕީޑް ބޯޓް ލިންކް: https://winaboat.dhiraagu.com.mv/
ދިރާގު ރޯދަރެޑީ ލިންކް: https://x.com/hashtag/RoadhaReady?src=hashtag_click
ފާތިމަތު ލިއުޝާ
ދިރާގު
ދިރާގު
ދިރާގު
ދިރާގު