ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯއިން ރަށްތަކަށް ޖަނަރޭޓަރު ފޮނުވަން ފަށައިފިއެވެ.
ކުރިއަށް އޮތީ ރަމަޟާން މަސް ކަމަށްވުމުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވެ، ބައެއް ރަށްރަށުގެ ކަރަންޓް އޯވާލޯޑްވުމުން މުޅި ރަށުން ކަރަންޓުގެ ހިދުމަތް ކެނޑޭގޮތް މެދުވެރިވެއެވެ.
ސްޓެލްކޯއިން އިއްޔެ ބުނީ އެ މަސައްކަތުގެ ސަބަބުން ސްޓެލްކޯއިން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތުގެ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ލިބޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށެވެ.
ރަށްތަކަށް ޖަނަރޭޓަރުތައް ފޮނުމުގެ މަސައްކަތް ކުރަމުން އަންނަކަން ސްޓެލްކޯއިން ހާމަކުރި ނަމަވެސް، އެ ޖަނަރޭޓަރުތައް ފޮނުވާ ރަށްތަކުގެ ތަފްސީލެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ.
މިމަހުގެ 14 ވަނަ ދުވަހު ވެސް ސްޓެލްކޯއިން ވަނީ ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް ވިލިމާލޭ އިންޖީނުގެއަށް ގެންދިޔަ 1200 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް ބޭނުން ކުރަން ފަށައިފައެވެ.
ފާތިމަތު ލިއުޝާ
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ