ދިރާގުން ކުރިއަށްގެންދާ "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ދަށުން ހުށަހަޅާފައިވާ ފުރަތަމަ ލޯންޗުގެ ނަސީބުވެރި ފަރާތް ހޮވައިފިއެވެ.
ދިރާގުން މިއަދު ހުޅުމާލެ ފޭސް ދޭއްގެ ބީޗުގައި ބޭއްވި ފޯރިގަދަ ހަފުލާއެއްގައި، ދިރާގު މޮބައިލް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ މެދުގައި ނެގި މި ގުރުއަތުން ހޮވުނު ނަސީބުވެރިޔަކީ ކ. މާލެ، އަބްދުﷲ ސައީދެވެ.
ދިރާގުން މިއަދު ބުނީ އެ ނަސީބުވެރިޔާއަށް އިނާމެއްގެ ގޮތުގައި ލިބިފައިވަނީ ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާއެކު، އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް ކަމަށެވެ.
ދިރާގުން ބުނީ ގުރުއަތުލުމުގެ މަރުހަލާ އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ތިންވަނަ ޕާޓީ އޮޑިޓަރެއްގެ ގޮތުގައި ނެކްސާ މޯލްޑިވްސް އައްޔަންކޮށްފައިވާ ކަމަށެވެ. ނެކްސާ މޯލްޑިވްސްގެ ފަރާތުން ވަނީ ގުރުއަތުލުމުގެ ހުރިހާ ކަމެއް ގާތުން ބަލައި، ހާމަކަން ބޮޑު ގޮތެއްގައި އެކަން ބަލަހައްޓާފައި ކަމަށް ދިރާގުން ބުންޏެވެ.
އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު މި އިވެންޓުގައި ރޮބޯމޭންގެ ފޯރިގަދަ ހަރަކާތްތަކުގެ އިތުރުން ޑީޖޭ މީކާގެ ހުށަހެޅުންތައް ފެނިގެން ގޮސްފައިވާ ކަމަށް ދިރާގުން ބުންޏެެވެ. އެ އިވެންޓް، ޓީވީއެމް، އެސްއެސްޓީވީގެ އިތުރުން ދިރާގުގެ ފޭސްބުކް އަދި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދައްކާފައިވާނެކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް މިފަދަ އަގުހުރި އަދި ހާއްސަ ޕްރޮމޯޝަންތައް މެދުވެރިކޮށް، ޑިޖިޓަލް ރާއްޖޭގައި ކަސްޓަމަރުން ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
މިއީ ދިރާގުގެ ކަސްޓަމަރުންނަށް ލިބޭ ވަރަށް ހާއްސަ ފުރުސަތެއްކަމަށް ދިރާގުން ބުންޏެވެ.
މުހައްމަދު އިޝާން

ދިރާގު
ދިރާގު
ދިރާގު
ދިރާގު