ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)އާއި ޑީޖީޖީގެ ޕާޓްނަރު މެގަޗިޕްއާ ގުޅިގެން ދޭ "އޭލިއަންވެއާ ގޭމިން ބަންޑްލް"ގެ ނަސީބުވެރިޔާއަކަށް ހަސަން އާލިފް އަބްދުލް ގަނީ ހޮވިއްޖެއެވެ.
ދިރާގުން މިއަދު ބުނީ ގޭމް ކުޅުންތެރިންނަށް ހާއްސަ މި އަގުހުރި އޭލިއަންވެއާ ބަންޑްލްގެ ތެރޭގައި އޭލިއަންވެއާ 34 އިންޗީގެ ގޭމިން މޮނިޓަރަކާއި، އޭޑަބްލިއު ވަޔަޑް ގޭމިން ހެޑްސެޓެއް، އޭޑަބްލިއު 420ކޭ ޓެންކީލެސް ގޭމިންގެ ކީބޯޑެއް އަދި އޭޑަބްލިއު ވަޔަލެސް ގޭމިން މައުސްއެއް ހިމެނޭ ކަމަށެވެ.
ޑީޖީޖީން ދަނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަ އިނާމުތަކާއި، އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ ޑީޖީޖީން ދަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމަށް އެހީތެރިވެދީ، ހުނަރުތައް ދައްކާލުމަށް އިތުރު ޕްލެޓްފޯމްތައް ހޯދައިދެމުން ކަމަށެވެ.
މުހައްމަދު އިޝާން
ދިރާގު
ދިރާގު
ދިރާގު
ދިރާގު