ދިހަ އަހަރު ވަންދެން ބަންދުކޮށްފައި އޮތް ގަލޮޅު ސިޓީ ޕާކު އަލުން ތަރައްގީކުރުމަށްފަހު މިއަދު ހުޅުވައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ، ގަލޮޅު ސިޓީ ޕާކު އަލުން ހުޅުވީ ތުރީ-އޮން-ތުރީ ބާސްކެޓްބޯޅަ ކޯޓަކާއި، ބެޑްމިންޓަން ކޯޓަކާއި، އައުޓްޑޯ ޖިމަކާއި، ކުޑަކުދިން ކުޅޭނެ ޖާގައެއް އަދި މީހުންގެ ގޮސް އެ ޕާކުގައި މަޑުކޮށްލައިގެން ތިބެވޭނެ ޖާގަތައް ހިމަނައިގެން ކަމަށެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 10 އަހަރު ވަންދެން ޓިނު ޖަހައިގެން ބަންދުކޮށްފައި އޮތް އެތަން އަލުން ތަރައްގީކުރުމުގެ ބޭނުމުގައި ސިޓީ ކައުންސިލުންވަނީ 2024 ވަނަ އަހަރު އެތަން ޑިޒައިންކޮށްފައި ކަމަށެވެ.
ސިޓީ ޕާކު އަޅުން ހުޅުވިގެން ދިޔުމަކީ ލިބުނު ބޮޑު އުފަލެއްކަމަށް އާޒިމް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން، "ލެޑް ޕާކް"ގެ ނަމުގައި، އެކި ކުލަތަކުން ދިއްލޭ ގަސްތަކާ އެކު 2015 ވަނަ އަހަރު ވެސް އެ ޕާކު މަރާމާތުކޮށް ހުޅުވިއެވެ. ނަމަވެސް އެތަން ރަނގަޅަށް ބެލެހެއްޓިފައިނުވުމުގެ ސަބަބުންވަނީ ހަލާކުވެފައެވެ.
މުހައްމަދު އިޝާން
މާލެ
މާލެ
މާލެ
މާލެ