"ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީ" އިން ހިންގި ފުރަތަމަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފިއެވެ.
އެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވި ޕްރޮގްރާމެކެވެ.
ސްޓެލްކޯއިން މިއަދު ބުނީ "ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީ" ޕްރޮގްރާމުގައި ބައިވެރިންނަށް މިއަދު ސެޓިފިކެޓް ހަވާލުކޮށްފައިވާ ކަމަށެވެ.
"ކަމިންސް ކޭޓީއޭ 19 ސާވިސް ޓްރެއިނިން" ގެ ނަމުގައި މި މަހުގެ ހަތަރަކުން ބާރައަށް ކުރިއަށް ގެންދިޔަ މި ތަމްރީނުގެ ފުރަތަމަ ބެޗުގައި، އަތޮޅުތެރޭގެ އިންޖީނުގެތަކުން 10 މުވައްޒަފަކު ވަނީ ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައި." ސްޓެލްކޯއިން ބުންޏެވެ.
އެ ތަމްރީނު ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ ފަންނީ އަދި ސުލޫކީ މިންގަނޑުތަކަށް އަހުލުވެރިކުރުވުމުގެ އިތުރުން، ކަމިންސް ކޭޓީއޭ 19 އިންޖީނުގެ އެކި ބައިތައް ދެނެގަތުމާއި ކަމިންސްގެ ވެބްސައިޓް މެދުވެރިކޮށް ސްޕެއާ ލިސްޓު ތައްޔާރުކުރާނެ ގޮތްތަކާއި ސާވިސް މެނުއަލް ބޭނުންކުރާނެ ގޮތުގެ ފަންނީ މައުލޫމާތު ވަނީ ފޯރުކޮށްދީފައި ވާނެ ކަމަށް ސްޓެލްކޮއިން ބުންޏެވެ.
އޭގެ އިތުރުން، އިންޖީނު އެއްކޮށް ރޫޅާލައި އަލުން ރޭވުމުގެ އަމަލީ ތަމްރީނާއި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި އަލިފާން ނިއްވުމުގެ ގަވާއިދުތަކަށް ވެސް އެ ޕްރޮގްރާމުގައި އަލިއަޅުވާލާފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
ފާތިމަތު ލިއުޝާ
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ