މިދިޔަ ޑިސެމްބަރު މަހު ގެއްލިގެން ރިކަވާކުރި ތަކެތީގެ އަގު 2.6 މިލިއަނަށް އަރާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލޭ ޕޮލިސް ކޮމާންޑުން މިދިޔަ މަހު ކުރި މަސައްކަތުގެ ތަފާސް ހިސާބުތައް މިއަދު އާންމު ކޮށްފައިވާ އިރު، މިދިޔަ މަހު، ގެއްލިގެން ހޯދި މުދަލާއި ފައިސާ އަށް 2,673,746.02 މިލިޔަން ރުފިޔާއަށް އަރައެވެ.

ފުލުހުން ހޯދި މުދަލުގެ ތެރޭގައި:

  • 1،840،000 ރުފިޔާއަށް އަގު އަރާ 38 ސައިކަލު.
  • 1،54،228 ރުފިޔާއަށް އަގު އަރާ 18 މޯބައިލް ފޯން.
  • ފައިސާ ވަގަށް ނެގުމުގެ 40 މައްސަލަ އަކުން، 416،320.80 ރުފިޔާ.
  • 19،730 ރުފިޔާގެ އަގު އަރާ 4 އިލެކްޓްރޯނިކް ސާމާނު.
  • އެހެނިހެން 50 މައްސަލައަކުން 243،467.22 ރުފިޔާގެ މުދާ.