ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑާމައެސްތެޓިކް ހިދުމަތްތަކުގެ ތެރެއިން، އާ ފަރުވާއެއްގެ ގޮތުގައި ޕްލޭޓްލެޓް-ރިޗް ޕްލާޒްމާ (ޕީއާރުޕީ) ތެރަޕީ ތައާރަފުކޮށްފިއެވެ.
ޓްރީޓޮޕުން ބުނީ ޕީއާރްޕީ ތެރަޕީއަކީ ހިދުމަތް ލިބޭ ފަރާތުގެ އަމިއްލަ ލޭ ބޭނުންކޮށްގެން ދެވޭ ޒަމާނީ ފަރުވާއެއް ކަމަށެވެ.
މި ޒަމާނީ ހިދުމަތުގެ ތެރޭގައި ހިމެނެނީ:
- އިސްތަށި ފެޅުމަށް ދެވޭ ޕީއާރުޕީ - މިއީ އިސްތަށި ފަޅާ ވަޅުތަކަށް ބާރުދީ، އިސްތަށި ފެޅުމަށް އެހީތެރިވެދީ، އިސްތަށިގަނޑު ބޯކޮށްދޭ ފަރުވާއެއް
- ބިހި ނެގުމުގެ ސަބަބުން އުފެދޭ ލަކުނު ފިލުވުމަށް ދެވޭ ޕީއާރުޕީ - މިއީ ހަށިގަނޑުގައި ބިހި ނެގުމުގެ ސަބަބުން އުފެދޭ ލަކުނުތައް ފިލުވައިދީ، ސިއްހަތު ރަނގަޅު ހަންގަނޑެއް ހޯދައިދިނުމަށް ދެވޭ ފަރުވާއެއް
ޓްރީ ޓޮޕުން ބުނީ ހޮސްޕިޓަލްއިން މިހާރުވެސް ހުޅުހުޅުގެ ބަލިތަކަށް ޕީއާރުޕީ އިންޖެކްޝަންގެ ފަރުވާ ދެމުންދާ ކަމަށެވެ. އެއީ ހުޅުހުޅުގެ ބަލިތައް ގުދުރަތީ ގޮތުން ފަސޭހަވުން އަވަސްކޮށްދީ، ދުޅަވުން ކުޑަކޮށްދީ، ހުޅުހުޅުގެ މަސައްކަތް ހަރުދަނާކުރުމަށް ދެވޭ ފަރުވާއެކެވެ.
މީގެ ތެރޭގައި އޮސްޓިއޯއާތުރައިޓިސް، ޓެންޑޮނައިޓިސް އަދި ލިގަމެންޓަށް ލިބޭ އަނިޔާތައް ހިމެނެއެވެ. މި ހިދުމަތް ތައާރަފުކުރުމަކީ ބަލިމީހުންނަށް އިސްކަންދީގެން، އާ އަދި ޒަމާނީ ފަރުވާތައް ފޯރުކޮށްދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލްއިން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.
އާއިޝަތު މާހާ
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް