މާރާމާރީ ހިންގައި، ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައަކާ ގުޅިގެން އަންހެނަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު 10:05 އެހާކަންހާއިރު، ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައެއްގެ ރިޕޯޓު ލިބުނު ކަމަށެވެ. އެ މާރާމާރީގައި އަނިޔާވެފައިވަނީ 64 އަހަރުގެ ދިވެހި ފިރިހެނަކަށާއި، 32 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށެވެ.
މާރާމާރީގައި އަނިޔާވި 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި 32 އަހަރުގެ މީހާއަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންވަނީ އެ މާރާމާރީގެ މައްސަލައިގައި ހަމަ އެ ދުވަހު 32 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައެވެ.
އެ އަންހެން މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުންވަނީ 30 ދުވަސް ބަންދަށް ޖަހައިދީފައެވެ. އެ މުއްދަތު ހަމަވާތީ އޭނާގެ ބަންދު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުންވަނީ މިފަހަރު އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ފުލުހުން ދަނީ މި މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް