އިރާނުގެ މުޒާހަރާތަކުގައި މިހާތަނަށް 48 މީހުން މަރުވެއްޖެއެވެ.

އިރާނުގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތައް ވަރުގަދަވެ ބައިވެރިން އިތުރުވުމުގެ އިތުރުން ސަލާމަތީ ބާރުތަކާ ކުރިމަތިލަމުން އަންނަ އިރު މިހާތަނަށް 48 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މުޒާހަރާތައް އެގައުމުގެ އެކި ސަރަހައްދުތަކުގައި ކުރިޔަށް ދާއިރު އިއްޔެ އަކީ މުޒާހަރާތައް އެންމެ ހޫނު ވެގެން ދިޔަ ދުވަސް ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.

އޮފިޝަލުން ވަނީ މުޒާހަރާތަކުގައި އިއްޔެ އެގައުމުގެ ސަލާމަތީ ބާރުތަކާ ކުރިމަތިލުންތައް ހިނގާފައިވާއިރު މުޒާހަރާގައި ބައިވެރިން ގަޔަށް ބަޑިޖަހާފައިވާ ކަމަށްވެސް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.

އިއްޔެގެ މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު އަނިޔާވެފައިވާއިރު މުޒާހަރާގެ ބައިވެރިންގެ ގަޔަށް އަމާޒުކޮށް ބަޑިޖެހި މައްސަލައާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މުޒާހަރާތަކުގެ ސަަބަބުން އިރާނުގެ އާންމުންނަށް ނުރައްކާވުމުގެ ސަބަބުން އެގައުމުގެ ސަރުކާރުން އެގައުމުގެ އިންޓަނެޓުގެ ހިދުމަތްވެސް މެދުކަނޑާލާފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އިރާނުގައި އެގައުމުގެ އާންމުން މަގުތަކަށް ނިކުމެ މުޒާހަރާތައް ކުރަމުން އަންނަނީ އެގައުމުގެ އިގްތިސާދު ދަށްވެ އިރާނުގެ ފައިސާގެ އަގު ދަށްވެފައިވުމާ ގުޅިގެންނެވެ.