އައްޑޫ ސިޓީ، ފޭދޫން އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ސ. ފޭދޫ، ހަމްދަރުދީގެ، ހައްވާ ރާއިދާ މުނީރު (19އ) އެވެ.

ފުލުހުން މިރޭ ބުނީ ހައްވާ ރާއިދާ ހޯދަމުންދަނީ މިއަދު މެންދުރުން ފެށިގެން ދިޔަ ތަނެއް ނޭނގުމުގެ ސަބަބުން އޭނާ ގެއްލިފައިވާކަމަށް ރިޕޯޓުކުރުމާ ގުޅިގެން ކަމަށެވެ.

އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން، ކަމާބެހޭ ހުރިހާ ޑިޕާޓްމެންޓުތަކަށް އެ މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ފަށައިފައިވާކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އުޅޭތަނެއް ދެނެގަނެވިފައިނުވާކަމަށް ފުލުހުން ބުންޏެވެ.

ހައްވާ ރާއިދާއާ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، އައްޑޫ ސިޓީ، ގަން ޕޮލިސް ސްޓޭޝަން ނަންބަރު 9792058 އަށް ގުޅުއި، އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުންވަނީ އެދިފައެވެ.