ގެއްލިގެން ހޯދަމުންދިޔަ މީހާ މިއަދު ފެނިއްޖެއެވެ.
އާއިލާއިން ރިޕޯޓުކުރުމާ ގެއްލިގެން ހޯދަމުންދިޔައީ، އާލިޔާ / ހއ. ދިއްދޫ، އާދަމް އިކްރާމް (32އ) އެވެ.
އާދަމް އިކްރާމް، މިދިޔަ ބުދަ ދުވަހުގެ ދަންވަރުން ފެށިގެން އާއިލާއަށް އެއްވެސް ހަބަރެއް ވެފައި ނުވާތީ، އޭނާ ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ގެއްލިގެން ހޯދަމުންދިޔަ އާދަމް އިކްރާމް މިއަދު ހުޅުމާލެއިން ވަނީ ފެނިފައެވެ. އޭނާގެ ހާލު ރަނގަޅެވެ.
މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ގެއްލިގެން ހޯދާ މީހުން
ގެއްލިގެން ހޯދާ މީހުން
ކޮމެންޓް