ފުވައްމުލަކު ސިޓީގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ބޯ ފަޅާލައިފިއެވެ.
ފުލުހުން މިއަދު ބުނީ ރޭ 19:35 އެހާކަންހާއިރު ފުވައްމުލަކުގައި ދެ މީހެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި 25 އަހަރުގެ ދިވެހި ފިރިހެނެއްގެ ބޯ ފަޅައިގެން ދިއުމުގެ ސަބަބުން ފުވައްމަލަކު ހޮސްޕިޓަލުގައި ފަރުވާދީފައިވާކަމަށް ފުލުހުން ބުންޏެވެ. އެ މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މާރާމާރީގެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް