އުމްރާގެ އަޅުކަމުގައި އުޅުނު ދިވެއްސެއް މަރުވެއްޖެ އެވެ.
ހިޖާޒް އުމްރާ ގުރޫޕުން މިއަދު "ވަން"އަށް ބުނީ އެ ގްރޫޕުގެ ފަރާތުން އުމްރާގެ އަޅުކަމުގައި އުޅުނު ދިވެއްސެއް އިއްޔެގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.
މަރުވެފައިވަނީ އދ. މަހިބަދޫ ސެވަންސްޓާގޭ/ އަބްދުﷲ ނާސިރު ހަސަން (72އ.) އެވެ.
"މި ހިތާމަވެރި ވަގުތުގައި މަރުހޫމާގެ އާއިލާއަށް ކެއްތެރިކަން މިންވަރު ކުރައްވާ، ހިޖާޒް އުމްރާ ގްރޫޕުގެ އެންމެހާ އުމްރާވެރިންގެ ނަމުގައި ތައުޒިޔާ ދަންނަވަން." ހިޖާޒް އުމްރާ ގްރޫޕުން ބުންޏެވެ.
އޭގެ އިތުރުން ހިޖާޒް އުމްރާ ގްރޫޕުން ބުނީ މައްޔިތާގެ ޖަޒާގެ ކަންކަން އަދި ނުނިމޭ ކަމަށެވެ.
ފާތިމަތު ލިއުޝާ
އުމްރާގެ އަޅުކަން
އުމްރާގެ އަޅުކަން
އުމްރާގެ އަޅުކަން