މި ފެށުނު 2026 ވަނަ އަހަރު އެންމެ ފުރަތަމަ ފެށުނު ގައުމަކީ ކިރިބަތިއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުން 2026 އަށް އިންތިޒާރު ކުރަމުން ދިޔައިރު ކިރިބަތި އިން ވަނީ ދުނިޔޭގައި އެންމެ ފުރަތަމަ 2026 ވަނަ އަހަރު ފެށުނު ގައުމަކަށްވެ އެކަން ކުލަގަދަކޮށް ފާހަގަކޮށްފައެވެ.
ކްރިސްމަސް އައިލެންޑުގެ ނަމުން ނަންދީފައިވާ ކިރިބަތިގައި މެންދަމު 12:00 ވެފައިވަނީ ރާއްޖެ ގަޑިން އިއްޔެ މެންދުރުފަހު 3:00 ގައެވެެ.
ކިރިބަތިއަށް އާ އަހަރު އެންމެ ފުރަތަމަ އަންނަނީ އެ ގައުމު އޮންނަ އިންޓަނޭޝަނަލް ޑޭޓް ލައިންގެ ސަބަބުންނެވެ. އެ ގައުމަކީ ދުނިޔޭގައި އެންމެ ފުރަތަމަ ދުވަސް ފަށާ ގައުމެވެ.
ހަވާއީއާއި ދެކުނުގައި ކުދި ޖަޒީރާ ގައުމުތަކެއްގެ ގޮތުގައި އޮންނަ ކިރިބަތި އަކީ 116،000 މީހުންގެ އާބާދީއެއް އޮންނަ ގުޑަ ގައުމެކެވެ.
1979 ވަނަ އަހަރު އިނގިރޭސީންގެ ކިބައިން މިނިވަންވެ އަމިއްލަ މިނިވަން ގައުމެއްގެ ގޮތުގައި އޮތް ކިރިބަތި އަކީ ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ރީތި ގައުމެކެވެ.
މުހައްމަދު އައުޒަމް
ބެލްޖިއަމް
ބޭރު ކުޅިވަރު
ރިޕޯޓް
ނުކުޅެދުންތެރިކަން ހުންނަ މީހުން