މިރެއިން ފެށިގެން ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށްވެސް ރޭގަނޑު ފްލައިޓްތައް ޖެއްސޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
އަމީން މިރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހިދުމަތް މިރޭ ފުނަދޫ އެއާޕޯޓުގައި ފެށުމާއެކު ރޭގަނޑު ފްލައިޓް ނުޖެއްސޭ އެއްވެސް އެއާޕޯޓެއް މިހާރު ރާއްޖޭގައި ނޯންނާނެ ކަމަށެވެ.
"ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް މިއީ ހަގީގަތުގައިވެސް ފާހަގަކޮށްލެވޭ ތާރީހީ ދުވަހެއް،" މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު އަމީން ވިދާޅުވީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ގައުމީ މުހިންމު އަމާޒެއް ކަމަށާއި އެ އަމާޒަށް ވާސިލްވެވުނީ އެމަނިކުފާނު މެދުކެނޑުމެއްނެތި ދެއްވެވި އިރުޝާދާއި އެއްބާރުލުމާ އެކުގައި ކަމަށެވެ.
އާއިޝަތު މާހާ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް