ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ޝަހީދު އަލީ ސްކޫލް ވަށައިގެން އޮންނަ (ބެރެބެދިމާ ހިނގުން ގޯޅި 1 އަދި 2) އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މިއަދު ބުނީ އެ މަގުތަކަކީ އެއްކޮޅަށް ދުއްވޭ މަގުތަކެއްގެ ގޮތުގައި ބަދަލުކުރީ ޝަހީދު އަލީ ސްކޫލުގެ މަސައްކަތް ނިމި، ދިރާސީ އާ އަހަރާ ދިމާކޮށް ސްކޫލް ހުޅުވުމުގެ ކުރިން، އެ ސްކޫލަށް ދެވޭގޮތަށް އޮންނަ ބެރެބެދިމާ ހިނގުން ގޯޅި 1 އަދި 2 ގެ ޓްރެފިކް ބާރުބޮޑުވުން ހައްލުކުރުމުގެ ގޮތުން ކަމަށެވެ.
އަދި އެ ސަރަހައްދަކީ ސްކޫލު ކުދިން ހިނގާބިނގާވެ އުޅުމަށް ރައްކާތެރި ސަރަހައްދަކަށް ހެދުމުގެ ބޭނުމުގެ ގޮތުން ކަމަށް އެޗްޑީސީން ބުންޏެވެ.
މުހައްމަދު އިޝާން
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ