ދިރާގުން އަންނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ހާއްސަކޮށްގެން އަގުހުރި އޮފާތަކެއް ތައާރަފުކޮށްފިއެވެ.
މި އޮފާތަކުގެ ތެރޭގައި ހިމެނެނީ ހަތަރު ޕްލޭނެކެވެ. އެއީ:
ފްލެކްސީއަވާ: މި އެޑް-އޮން އަކީ ކުރު މުއްދަތަކަށް ޑޭޓާ ބޭނުންވާ ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕްލޭނެކެވެ. އެންމެ ދިހަ ރުފިޔާއިން ފެށިގެން 5ޖީބީ ނުވަތަ 26ޖީބީ ޑޭޓާގެ އެޑް-އޮންއެއް އެކްޓިވޭޓްކޮށްގެން އިންޓަނެޓް ބްރައުސްކުރުމަށާއި ސްޓްރީމް ކުރުމަށާއި އަދި ޑައުންލޯޑް ކުރުމަށް ބޭނުން ކުރެވޭނެއެވެ.
ސަޅި 365 ޑޭސް: ސަޅި 365 ޑޭސް ޕްލޭންގެ ދަށުން، އެއް އަހަރު ދުވަހަށް 765 ޖީބީ ޑޭޓާ ލިބިގެންދާނެއެވެ. މީގެ އިތުރުން، ގާނާ އެޕްލިކޭޝަން މެދުވެރިކޮށް އެއް އަހަރުގެ މުއްދަތަށް ލަވަ އަޑުއަހާލުމުގެ ފުރުސަތު މުޅިން ހިލޭ ލިބިގެންދާނެއެވެ. މި ޕްލޭންގެ ތެރެއިން ކަސްޓަމަރުންނަށް ދުވާލަކަށް 1ޖީބީ ޑޭޓާ، 100ޖީބީ ބޯނަސް ޑޭޓާ، 300ޖީބީ އެންޓަޓެއިންމެންޓް ޑޭޓާގެ އިތުރުން ދިރާގު އަންލިމިޓެޑް ކޯލްސް ލިބިގެންދާނެއެވެ.
ސަޅި 180 ޑޭސް: ސަޅި 180 ޑޭސް އޮފާ އަކީވެސް ދިގު މުއްދަތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާ ޕްލޭނެކެވެ. މި ޕްލޭންގެ ދަށުން 1 ޓީބީ ޑޭޓާ، ދިރާގު ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް އަދި 12 މަސް ދުވަހުގެ ގާނާ ސަބްސްކްރިޕްޝަނެއް ހިލޭ ލިބިގެންދާނެއެވެ. މި ޕްލޭންގައި ދުވާލަކަށް 4ޖީބީ ޑޭޓާގެ އިތުރު 180 ޖީބީ ބޯނަސް ޑޭޓާ އާއި 100ޖީބީ އެންޓަޓެއިންމަންޓް ޑޭޓާ 180 ދުވަހުގެ މުއްދަތަށް ބޭނުންކުރުމަށް ލިބޭނެއެވެ.
ސަޅި 90 ޑޭސް: ސަޅި 90 ޑޭސް އޮފާއަކީ ކަސްޓަމަރުންނަށް ދުވާލަކަށް 2ޖީބީ ޑޭޓާ، 120ޖީބީ އެންޓަޓެއިންމެންޓް ޑޭޓާ އަދި ދިރާގު ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް ލިބޭނެ އޮފާއެކެވެ.
ދިރާގުން ދަނީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ތަރައްގީކޮށް، އެކި މުނާސަބަތުތަކާ ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު އޮފާތައް ފޯރުކޮށްދީ ހާއްސަ ޕްރޮމޯޝަންތައް ކުރިއަށްގެންދަމުންނެވެ.
އަލީ ޔާމިން
ދިރާގު
ދިރާގު
ދިރާގު
ދިރާގު