ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 14 އަހަރުން ދަށުގެ މުބާރާތެއް އިއުލާނުކޮށް، ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ އެކަޑެމީއަކަށް ހުޅުވާލައިފިއެވެ.

އެފްއޭއެމްއިން މިއަދު ކުރި އިއުލާނުގައި ބުނީ 14 އަހަރުން ދަށަށް ހާއްސަ މުބާރާތް ފަށަން ތާވަލު ކޮށްފައި ވަނީ އަންނަ އަހަރު ފެބްރުއަރީ ހަވަނަ ދުވަހު ކަމަށެވެ.

އެފްއޭއެމް 14 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް 2026 ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައި ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިވާ އެކަޑެމީތަކުގެ އިތުރުން އެފްއޭއެމްގެ އެކަޑަމީ އެކްރިޑިއޭޝަން ކްރައިޓީރިއަ ފުރިހަމަ ކޮށްފައިވާ އެކަޑެމީތަކަށެވެ. އޭގެ އިތުރުން މުބާރާތުގައި ބައިވެރިވުމަށް ބޭނުންވެ، އެކަމަށް އެދޭ އެކަޑަމީއަކީ އެ ކްރައިޓީރިއާ ފުރިހަމަ ނުވާ އެކަޑެމީއެއް ނަމަ، ކަންކަން ފުރިހަމަ ކުރަން މުއްދަތެއް ދޭނެ ކަމަށް އެފްއޭއެމްގެ ބަޔާނެއްގައި ބުނެފައިވެއެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ އެކަޑެމީން ގެޒެޓް ކޮށްފައިވާ އިއުލާނު ގައިވާ ފޯމް ފުރުހިމަ ކުރުމަށްފަހު އަންނަ ޖެނުއަރީ މަހު 11 ވަނަ ދުވަހު ދުވަހުގެ 15:00 ގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް އެފްއޭއެމްއަށް ހުށަހަޅަންވެސް އިއުލާނުގައި ބުނެފައިވެއެވެ.