ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ލޯ ކޮސްޓް އެއާލައިނެއް ކަމަށްވާ "ހައިސްކައި" އަށް ހިދުމަތްދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން ހައިސްކައި އަށް ހިދުމަތްދޭން ފެށުން ފާހަގަކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ގްރޫޕުގެ ޖެނެރަލް މެނޭޖަރު އަލީ ޝާކިރެވެ.
އެ ރަސްމިއްޔާތުގައި ވޮޔޭޖަސްގެ ޑެޕިއުޓީ މެނޭޖިން ޖެނެރަލް މެނޭޖަރު އިގްނާޒް މަންސޫރާއި ހައިސްކައިގެ އޮފިޝަލުންނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއޭސީއެލުން ބުނީ ޓާމިނަލް 1 އިން ހައިސްކައި އަށް ހިދުމަތްދޭން ފެށުމުގެ ގޮތުން ޓާމިނަލަށް ކައިރި ކުރި ހައިސްކައިގެ ފުރަތަމަ ފުލައިޓު، H4-8569 އިން ރާއްޖެ އައި 222 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައި ކަމަށެވެ.
ހައިސްކައި އާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 38 އެއާލައިނަކަށް ހިދުމަތްދެމުންނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް