ވިލާ ކޮލެޖުގައި އިންޖިނިއަރިން ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ސްކޮލްޝިޕް ދިނުމަށް އެޓްމޮސްފިއާ ފައުންޑޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިމަހު 25ގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބާއި، އެޓްމޮސްފިއާ ފައުންޑޭޝަންގެ ވައިސް ޕްރެޒިޑެންޓް އަބްދުލް އަޒީޒް އަބްދުލް ހަކީމެވެ.
އެ އެއްބަސްވުމާ ގުޅޭގޮތުން ވިލާ ކޮލެޖުން ބުނީ އެ ފައުންޑޭޝަނުން އިންޖިނިއަރިން އަދި ބެޗްލާ އޮފް ސިވިލް އިންޖިނިއަރިން ޕްރޮގްރާމްތަކުން ތިން ދަރިވަރަކަށް ފުރިހަމަ ސްޕޮންސަޝިޕް ފުރުސަތު ދޭނެ ކަމަށެވެ.
ކޯހުގެ ފީ އެއްކޮށް ދެއްކުމުގެ އިތުރުން، ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދޭ މި ޕްރޮގްރާމަކީ، މާލީ ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ދަރިވަރުންނަށް އެހީތެރިވެ، އިންޖިނިއަރިން ދާއިރާއިން ކާމިޔާބު މުސްތަގުބަލެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމަށް ފެށި މަޝްރޫއެއް ކަމަށެވެ.
ވިލާ ކޮލެޖުން ބުނީ މި ސްކޮލާޝިޕްތަކާ ބެހޭ އިތުރު ތަފްސީލު ކުރިއަށް އޮތް ހަފުތާގައި އިއުލާނުކުރާނެ ކަމަށެވެ. އަދި މިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ކޮލެޖުގެ ރަސްމީ ވެބްސައިޓާއި ސޯޝަލް މީޑިއާ މަންސަތަކުން ލިބެން ހުންނާނެ ކަމަށެވެ.
އާއިޝަތު މާހާ
ވިލާ ކޮލެޖް
ވިލާ ކޮލެޖް
ވިލާ ކޮލެޖް
ވިލާ ކޮލެޖް