ޓްރީ ޓޮޕް ހޮސްޕިޓަލާއި ވިލާ ކޮލެޖް އަދި މަޔޯ ކްލިނިކް ގުޅިގެން IMERC 2025 ގެ ޕްރީ-ކޮންފަރެންސް ވޯކްޝޮޕްތައް ބާއްވައިފިއެވެ.
ޓްރީ ޓޮޕްއިން އިއްޔެ ބުނީ އެ ވޯކްޝޮޕްތައް ބާއްވާފައިވަނީ މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ ވޯކްޝޮޕްގައި މަޔޯ ކްލިނިކްގެ ބައިނަލްއަގުވާމީ އިސް ތަޖުރިބާކާރުން ބައިވެރިވިކަމަށް ޓްރީ ޓޮޕްއިން ބުންޏެވެ.
އެ ވޯކްޝޮޕް ފަށައިފައިވަނީ މަޔޯ ކްލިނިކްގެ ފެމިލީ މެޑިސިން އިންސްޓްރަކްޓާ ޑރ. އެރިކް ލެވޭލް، އެމްޑީ، އެމްޕީއެޗް ލީޑު ކުރެއްވި ޕޮއިންޓް-އޮފް-ކެއާ އަލްޓްރާސައުންޑް (ޕީއޯސީޔޫއެސް) ވޯކްޝޮޕަކުންކަމަށް ޓްރީ ޓޮޕްއިން ބުންޏެވެ.
އަދި ޓްރީ ޓޮޕްގެ ކޮންސަލްޓަންޓް ރޭޑިއޮލޮޖިސްޓް އަދި ރޭޑިއޮލޮޖީގެ ހެޑް ޑރ. ކަންޗަން ދުންގަލް އަދިކާރީގެ އިފުތިތާހީ ވާހަކަދެއްކުމަށްފަހު، ޑރ. ލެވޭލް ވަނީ ބެޑްސައިޑް އަލްޓްރާސައުންޑްގެ އަސާސީ އުސޫލުތަކާއި ކްލިނިކަލް ބޭނުންތަކުގެ މުހިންމުކަމާ ގުޅޭގޮތުން ވޯކްޝޮޕްގައި ވާހަކަދައްކައިފައި ކަމަށް ޓްރީ ޓޮޕްއިން ބުންޏެވެ.
ވޯކްޝޮޕްގެ ދެވަނަ ދުވަހަކީ ރޭޑިއޮލޮޖިސްޓް އަދި ވެސްކިއުލާ މެޑިސިން ސްޕެޝަލިސްޓެއް ކަމަށްވާ ޑރ. ހަރަލްޑޫ ބްޔާނާސަން، އެމްޑީ ކުރިއަށް ގެންދިޔަ ވޯކްޝޮޕެއްކަމަށް ޓްރީ ޓޮޕްއިން ބުންޏެވެ.
ޓްރީ ޓޮޕްގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓުން ތައާރަފުކޮށް، އައިއެމްއީއާރްސީގެ އޯގަނައިޒާ އަދި މަޔޯ ކްލިނިކްގެ ވެސްކިއުލާ މެޑިސިން ކޮންސަލްޓަންޓް، ޑރ. ރައްޔާ އަހުމަދު ސިއްދީގު އެ ވޯކްޝޮޕްގައި މުހިންމު ވާހަކަތަކެއް ދައްކައި ތަމްރީނު ދީފައިވާކަމަށް ޓްރީ ޓޮޕްއިން ބުންޏެވެ.
އެގޮތުން ޕޯސްޓް ސީއޭބީޖީ ފެމޯރަލް އާޓަރީ ޕްސޫޑޯއެނިއުރިޒަމް މެނޭޖްކުރުމާއި، ޕެރިފެރަލް ވެސްކިއުލާ ޑޮޕްލާ އެސެސްމަންޓް، އަލްޓްރާސައުންޑް ގައިޑެޑް ވެސްކިއުލާ އެކްސެސް، އަދި ޑައިލިސިސްއަށް ވެސްކިއުލަރ މެޕިން ތަމްރީނުތަކުގެ ތެރޭގައި ހިމެނެއެވެ.
މަޔޯ ކްލިނިކްއާ ގުޅިގެން ބޭއްވުނު އެ ވޯކްޝޮޕްތަކުން އެނގެނީ، ޓްރީ ޓޮޕް ހޮސްޕިޓަލުން ކްލިނިކަލް ހުނަރުތައް ކުރިއެރުވުމަށާއި ދެމިގެންދާ ޕްރޮފެޝަނަލް ތަރައްގީގެ ޒަރީއާއިން ސިއްހީ ހިދުމަތްތައް ރަނގަޅުކުރުމަށް ދެމުންގެންދާ ބޮޑު އަހައްމިއްޔަތު ކަމަށް ޓްރީ ޓޮޕްއިން ބުންޏެވެ.
އެންމެ މަތީ ފެންވަރުގެ ބަލިމީހުންގެ ފަރުވާ ފޯރުކޮށްދިނުމަށްޓަކައި، ދުނިޔޭގެ ފެންވަރުގެ ތަމްރީނުތަކަށް އިންވެސްޓް ކުރަމުންދާ ކަމަށް ޓްރީ ޓޮޕްއިން ބުންޏެވެ.
މަޔޯ ކްލިނިކާ ގުޅިގެން ބޭއްވި ވޯކްޝޮޕްތަކަކީ އެ މަސައްކަތުގެ މުހިންމު ބައެއް ކަމަށާއި މިއީ ކްލިނިކަލް ހުނަރުތައް ކުރިއެރުވުމަށްޓަކައި އަދި ރާއްޖޭގެ ސިއްހީ ހިދުމަތްތައް ދިގުދެމިގެންދާ ގޮތަށް ތަރައްގީކުރުމަށް ހޮސްޕިޓަލުން ވެފައިވާ ވައުދެއްގެ ހެއްކެއް ކަމަށް ޓްރީ ޓޮޕްއިން ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުން ކަމަށް ޓްރީ ޓޮޕްއިން ބުންޏެވެ.
އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާ އެކު ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުންކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް