ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 11ގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކުގައި ފައުންޑޭޝަން ލެވަލުން ފެށިގެން މާސްޓާސް ލެވެލްގެ ޕްރޮގްރާމްތަކާ ހަމައަށް ވަނީ ބައިވެރިވާން ހުޅުވާލައިފައެވެ.
އޭގެ ތެރޭގައި ހިމެނެނީ އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް، ޓީޗިން އާއި އެޑިއުކޭޝަން ދާއިރާގެ ކޯސްތައް، ނާސިން އާއި ސިއްހީ ދާއިރާއާ ގުޅޭ ކޯސްތައް، ޝަރީއާ އެންޑް ލޯ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީގެ ކޯސްތަކާއި ބިޒްނަސް މެނޭޖްމަންޓާއި އޭވިއޭޝަން މެނޭޖްމެންޓާއި އިންޓަނޭޝަނަލް ބިޒްނަސް އާއި އިކޮނޮމިކްސް އާއި އެކައުންޓިން އެންޑް ފައިނޭންސާއި ބޭންކިން އެންޑް ފައިނޭންސާއި މާކެޓިން އާއި ހިއުމަން ރިސޯސް އަދި އިންޖިނިއަރިން ކޯސްތައް ހިމެނެއެވެ.
އޭގެ އިތުރުން އިންޓީރިއާ އާކިޓެކްޗާ އެންޑް ޑިޒައިނާއި ޕްރޮޖެކް މެނޭޖްމަންޓާއި ހޮސްޕިޓަލިޓީ މެނޭޖްމަންޓާއި މާސް ކޮމިއުނިކޭޝަން އަދި ކަލިނަރީ އާޓްސްގެ ކޯސްތައް ހިމެނެއެވެ.
ވިލާ ކޮލެޖުން ހިންގާ ކޯސްތަކަކީ އެ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑުގެ ޕްރޮގްރާމްތަކާއި މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީ އަދި ސައިބަޖާޔާ ޔުނިވާސިޓީގެ ޕްރޮގްރާމްތަކެކެވެ.
އާއިޝަތު މާހާ
ވިލާ ކޮލެޖް
ވިލާ ކޮލެޖް
ވިލާ ކޮލެޖް
ވިލާ ކޮލެޖް