ކުރިއަށް މިއޮތް ދެ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ބޮޑެތި ލުއިތަކެއް ދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރު ވިޔަފާރިވެރިންނަށް ފައިދާވާނެ އެތައް ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ.
އޭގެ ތަފުސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މީރާ، ކަސްޓަމްސް، ޕޯޓް، އެއާޕޯޓް، އަދިވެސް ވިޔަފާރިއާ ގުޅުންހުރި އެކިއެކި ފަރާތްތަކާ ވާހަކަ ދައްކައިގެން ވިޔަފާރިވެރިންނަށް ލުއިތައް ދެއްވާނެ ކަމަށެވެ. އަދި އަންނަ އަހަރު ކުދި ވިޔަފާރިތަކަށް ހާއްސަ ކޮށްގެން 500 މިލިޔަން ރުފިޔާގެ ލޯނު ދިނުމަށް ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"މި ވޭތުވެދިޔަ ދެ އަހަރު، 595 ކުދި ވިޔަފާރިއަކަށް 349 މިލިޔަން ރުފިޔާގެ ކުދި ވަނީ ދޫކޮށްފައި މި ލޯނު ސްކީމުގެ ތެރޭގައި އަންހެނުންނަށް ހާއްސަ ލޯނާއި މެރިކަލްޗާ އާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ފިނޭންސް މިނިސްޓްރީން މިވީ ދެ އަހަރުގެ ތެރޭގައި އެކި ބިލްތަކަށް 13 ބިލިޔަން ރުފިޔާގެ ފައިސާ ދައްކާފައިވާ ކަމަށާއި އޭގެ ތެރެއިން ފަސް ބިލިއަން ރުފިޔާއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބިލުތަކަށް ދައްކާފައިވާ ފައިސާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ކުދި ވިޔަފާރިތަކަށް ޓީޓީ ހެދުމަށްޓަކައި ބީއެމްއެލްއިން ދޭ ޑޮލަރުގެ ސަޕޯޓްވެސް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން 2500 އަށްވުރެ ދަށް އަދަދުތަކުގެ ބިލުތަކަށް 50 ޕަސަންޓާ ހަމައަށް އަދި 2500 އާއި، 5000 ދެމެދުގެ ބިލުތައް 30 ޕަސަންޓާ ހަމައަށް ޓީޓީ ހެދުމަށް ރަސްމީ ޑޮލަރު ރޭޓުގައި ދެމުން އަންނަ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުން ރާއްޖޭގެ އިގްތިސޯދު ރަނގަޅުވަމުން އަންނަ ކަމަށާއި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބެމުން އަންނަކަމަށެވެ. އެގޮތުން ބޭރުގެ ބޮޑެތި އިންވެސްޓަރުން ރާއްޖޭގައި މިހާރުވެސް އިންވެސްޓުކުރަން އިއުލާނުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު އިތުރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަލީ ޔާމިން
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު