ހުޅުމާލޭ ފޭސް 3 ހިއްކަނީ ކުނި އަޅައިގެން ނޫން ކަމަށާއި އެތަން ހިއްކަން ބޭނުންކުރީ ސީއެންޑީ ނުވަތަ ގާކުނޑި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ފޭސް 3 ހިއްކަން ކުނި އަޅާފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި އަންނަނީ ވާހަކަތަކެއް ދެކެވެމުންނެވެ. އެ ވާހަކަތަކަށް ރައްދުދެއްވައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ އެތަން ހިއްކަން ގާކުނޑި ބޭނުންކުރި ކަމަށާއި އަދި ބޭނުންކުރީ ސެގްރިގޭޓް ކުރުމަށްފަހު ކަމަށެވެ.
"އެޗްޑީސީން މިތަން [ފޭސް 3] ހިއްކަމުން މިދަނީ ކުނި އަޅައިގެނެއް ނޫން. ސީއެންޑީ މިކޮޅަށް ގެނެސް ސެގްރިގޭޓް ކޮށްފައި އަދި އެޅުމުގެ ކުރިން ސެގްރިގޭޓް ކޮށްފައި އަޅުގަނޑުމެން މި މަސައްކަތް މި ކުރަނީ،" ޒުހައިރު ވިދާޅުވިއެވެ.
ޒުހައިރު ވިދާޅުވީ އެއިން މޫދަށްދާ ބައިގައި ސްކްރީން ޖަހާފައިވާ ކަމަށާއި ސްކްރީނުން ބޭރުވާބައި ސާފުކުރަމުންދާ ކަމަށެވެ.
އެ މައުލޫމާތުތައް ރައީސް ޑރ. މުހައްމަދު މުއިއްޒަށްވެސް އަރުވާފައިވާނެ ކަމަށާއި އެ މަނިކުފާނުގެ ވާހަކަފުޅު ބިނާކޮށްފައިވަނީވެސް އެ މައުލޫމާތުތަކަށް ކަމަށެވެ.
ޒުހެއިރު މިހެން ވިދާޅުވިއިރު ރައީސްވެސް ވަނީ ހުޅުމާލެ ފޭސް 3 ހިއްކަނީ ކުނި އަޅައިގެން ނޫން ކަމަށް މީގެކުރިން ވިދާޅުވެފައެވެ.
އާއިޝަތު މާހާ
ހުޅުމާލެ ފޭސް 3
ހުޅުމާލެ ފޭސް 3
ހުޅުމާލެ ފޭސް 3
ހުޅުމާލެ ފޭސް 3