މާލޭ ނޯތު ހާބަރުގެ "ޒޯން އޭ" އިން ހިދުމަތް ހޯދާ ކަނޑު އުޅަނދުފަހަރުތަކަށް ޖެޓީ ނަމްބަރު 1 (އެމްއެމްއޭ ކުރިމަތީގެ ސަރަހައްދު) ވަގުތީގޮތުން ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލުން މިއަދު ބުނީ އެގޮތަށް ހަމަޖެއްސީ މާލެ އުތުރުފަރާތުން ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް އަލުން ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާތީ ކަމަށެވެ.
އެމްޕީއެލުން ބުނީ، ވަގުތީގޮތުން ގެނައި ބަދަލަށް އަމަލުކުރާ މުއްދަތުގައި، ޖެޓީ ނަމްބަރު އެކެއްގެ ބޭނުން ހިފާ އެއްވެސް ކަނޑު އުޅަނދަކަށް ފީއެއް ނުނަގާނެ ކަމަށެވެ.
ޖެޓީ ނަމްބަރު އެކެއް ވަގުތީ ގޮތުން ބޭނުންކުރަން ހަމަޖެހިފައިވާ ގޮތް:
- އެ ސަރަޙައްދަށް އުޅަނދުފަހަރުތައް ވަދެ ކައިރިކޮށް އަދި ބޭއްވޭނީ މާލޭ ނޯތު ހާބަރުގެ ހުއްދަ ލިބިގެން
- ކީވޯލަށް އުޅަނދުފަހަރުތައް ކައިރި ކުރެވޭނީ މާލެ ނޯތު ހާބަރުގެ "ޒޯން އޭ" (އެއްގަމު ތޮށި) ކިޔު ތަރުތީބުން
- އެ ސަރަހައްދު ކީވޯލުގައި އުޅަނދުފަހަރުތައް ބޭއްވޭނީ ގިނަވަގެން 10 ދުވަހުގެ މުއްދަތަށް. އެ މުއްދަތަށް ވުރެ އިތުރަށް ކީވޯލްގައި އުޅަނދެއް ބާއްވަން ބޭނުންވާ ނަމަ އެ އުޅަނދަށް ކީވޯލާ ކައިރި ކުރެވޭނީ އަލުން ކިޔުގައި ނޯޓުކުރުމަށް ފަހު ކިޔު ތަރުތީބުން.
މާލޭ ނޯތު ހާބަރުގެ ޒޯން އޭއަށް ބަދަލުތަކެއް ގެނައި ނަމަވެސް، "ޒޯން ބީ" އަދި "ޒޯން ސީ" ގެ ބޭނުންކުރާ އުޅަނދުފަހަރުތައް އަމަލުކުރަންޖެހޭ އުސޫލުތަކަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
އަލީ ޔާމިން
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް