ދިރާގު ގޭމަސް ގިލްޑް (ޑީޖީޖީ) އިން އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ރަނުގެ ފުރުސަތު އިއުލާންކޮށްފިއެވެ.

ދިރާގުން ބުނި ގޮތުގައި ޑީޖީޖީއަށް ހަމައެކަނި ސައިން-އަޕްކޮށްލައިގެން ބައިވެރިވެވޭ މި ގިވްއަވޭ މެދުވެރިކޮށް ނަސީބުވެރި އެއް ފަރާތަކަށް އެންމެ ފަހުގެ މުޅިން އާ އައިފޯން 17 ޕްރޯ މެކްސްއެއް ލިބިގެންދާނެއެވެ. ދިރާގު ގޭމާސް ގިލްޑަށް ސައިން-އަޕް ކުރާނީ dgg.mv މެދުވެރިކޮށެވެ.

މި އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް އޮންނާނެ ކަމަށް ދިރާގުން ބުންޏެވެ.

ޑީޖީޖީން ދަނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަ އިނާމުތަކާއި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެ އިތުރުން ޑީޖީޖީން އަންނަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމަށް އެހީތެރިވެދީ، ހުނަރުތައް ދައްކާލުމަށް އިތުރު ޕްލެޓްފޯމްތައް ހޯދައިދެމުންނެވެ.