ސަރަޙައްދީ ގައުމުތަކުގައި ގާއިމުވެ ތިބެގެން ދިވެހިން، ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަަކުރެވެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓުގެ ފަރާތުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް، ޗީފް އިނިސެޕްޓަރު އޮފް ޕޮލިސް އަހުމަދު ނާއިފް ވިދާޅުވީ، އެެއާ ކާގޯ އާއި ސީ ކާގޯ އާއި އިލެކްޓްރިކް ސާމާނުތަކުގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެއަށް ފޮނުވާ ކަމަށާއި އެކަން ކުރުމުގައި ސަރަހައްދީ ގައުމުތަކުގައި ދިވެހިން ހަރަކާތްތެރިވާ ކަމަށެވެ.
ނާއިފް ވިދާޅުވީ ސަރަޙައްދީ ގައުމުތަކުގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ތިން ދިވެހިން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ނާއިފް ވިދާޅުވި ގޮތުގައި، ތައިލޭންޑް އާއި މެލޭޝިއާ ފަދަ ގައުމުތަކުގައި ދިވެހިން ތިބެގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ ކަމަށެވެ.
ނާއިފް ވިދާޅުވީ، ކުށްކުރާ ދިވެހިން ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ވިޔަސް، ރާއްޖެ ގެނެސް ތަހުގީގު ހިންގާނެ ކަމަށެވެ.
"ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ބަދަލުކުރުމާއި ނުވަތަ އެހީތެރިކަން ހޯދުމާ ބެހޭ ގާނޫނުގެ ތެރެއިން އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ އެކި ގައުމުތަކާ އެއްކޮށް މިދަނީ ތަހުގީގު ތެރެއިން ފުޅާ މަސައްކަތްތަކެއް ކުރަމުން،" ނާއިފް ވިދާޅުވިއެވެ.
ނާއިފް އިތުރަށް ވިދާޅުވީ، ޑްރަގު ކޮންޓްރޯލްކުރުމަށް ފުލުހުންގެ ހިދުމަތުން އެކި މުއައްސަސާތަކާ ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އޮޕަރޭޝަން "އަލި މަގަކީ" އޭގެ ތެރެއިން އެއް އޮޕަރޭޝަން ކަމަށް ވިދާޅުވިއެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް