ވައްކަމެއް ކުރި ކަމަށް ތުހުމަތު ކުރެވުނު މީހަކަށް ބަޔަކު އަނިޔާކޮށް މޫދަށް އެއްލާލައިފިއެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަ ގޮތުގައި އެމީހާއަށް ވައްކަން ކުރި ކަމަށް ތުހުމަތުކޮށް، އެމީހާ ބިންމައްޗަށް ވައްޓާލައި ވަނީ އަނިޔާކޮށްފައެވެ. އަދި ސޭފްޓީ ބޫޓަކަށް އަރައިގެން ހުރި މީހަކު، ވައްކަން ކުރި އެމީހާގެ އަތަށް އަރައި ފިއްތާލާ މަންޒަރުވެސް ފެނެއެވެ.
އަދި އޭގެ ފަހުން އެމީހާގެ ފައިގައި ހިފައި ބިންމަތީގައި ދަމާފައި މޫދަށް އެއްލާލާ މަންޒަރުވެސް ފެނެއެވެ. އެމީހާ މޫދަށް އެއްލައިލި އިރު ހުރީ ހުސްގަޔާއެވެ.
ފުލުހުން ރޭ ބުނީ އެ މައްސަލަ ރަސްމީކޮށް ފުލުހަށް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ ސަމާލުކަމަށް އެކަން އައިސްފައިވާތީ، އެ މައްސަލަ ބަލަމުންދާ ކަމަށް ބުންޏެވެ.
ބޭރު ކުޅިވަރު
ކުށް
ކުށް
އެމެރިކާ