ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން މިހާތަނަށް 500،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދީފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލުން ބުނީ ޓާމިނަލް 1 ހުޅުވިފަހުން މި މަހުގެ 15ގެ ނިޔަލަށް ޖުމުލަ 508،008 ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށެވެ. އެއީ ރާއްޖެއިން ފުރި 252،340 ފަސިންޖަރުންނާއި ރާއްޖެ އައި 255،668 ފަސިންޖަރުންނެވެ.
އެ ޓާމިނަލް ހުޅުވިފަހުން މިހާތަނަށް އެންމެ ގިނައިން ފަސިންޖަރުންނަށް ހިދުމަތް ދިން ދުވަހަކީ މިމަހުގެ 21 ކަމަށާއި އެ ދުވަހު އެކަނިވެސް 11،551 ފަސިންޖަރުންނަށް ހިދުމަތްދީފައިވާ ކަމަށް އެމްއޭސީއެލުން މައުލޫމާތުދެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެ އިން ފުރި 8،681 ފަސިންޖަރުންނާއި ރާއްޖެ އައި 10،870 ފަސިންޖަރުންނެވެ.
ޓާމިނަލް 1 އިން މިހާތަނަށް 37 އެއާލައިނަކަށް ދަނީ ހިދުމަތް ދެމުންނެވެ.
ކުލަގަދަ ހަފުލާއަކާއެކު ވީއައިއޭގެ ޓާމިނަލް 1 ހުޅުވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އުފަލާއެކު މިއަހަރުގެ މިނިވަން ދުވަހުއެވެ. އާ ޓާމިނަލް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އާއިޝަތު މާހާ
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް