އެއް އަހަރަށްވުރެ ގިނަ ދުވަސްވަންދެން "ވާނުވާ" ބަންދު ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގެ ކޯޓު މަރުހަލާ އަންނަ މާޗް މަހުގެ ނިޔަލަށް ނިމޭނެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައި ހުރި ހުރިހާ އެންމެންގެ މައްސަލަތައް ބަލައި ނިންމުމަށްފަހު، ވާނުވާ ބަންދުގައި ތިބި ބާކީ ހުރި ހުރިހާ އެންމެންގެ މައްސަލަތައް ވެސް ކުރިއަށްދާނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އެޓާނީ ޖެނެރަލް އޮފީހަށް މިހާރު ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ މައުލޫމާތުގެ އަލީގައި ކޯޓުތަކުގެ ތެރޭ މިހާރު ހިނގާ މައްސަލަތަކަށް ބަލާއިރު އެޓާނީ ޖެނެރަލް ވިދާޅުވެލައްވަނީ އެބޭފުޅުންނަށް ދެއްވާފައިވާ މައުލޫމާތުގައި މި އަންނަ މާޗް މަސް ނިމޭއިރަށް އެއް އަހަރަށްވުރެ ގިނަ ދުވަސްވަންދެން ވާނުވާގައި ތިބި ހުރިހާ އެންމެންގެ މައްސަލަތައް، ކޯޓު މަރުހަލާތައް ނިމޭނެ ކަމަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ވާނުވާގައި ތިބި އެ އެންމެންގެ ކޯޓު މަރުހަލާތައް ނިމި، ކޮންމެވެސް ގޮތަކަށް ނިމިގެންދާނެ ކަމަށާއި ބާކީ ހުރި މައްސަލަތައް ނިންމުމުގައި ވެސް މާގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ވީ އެންމެ ރަނގަޅަކަށް ސަރުކާރު ތެރެއިން އޭޖީ ކޮށްދެއްވަން ޖެހޭ ކަމެއް ކޮށްދެއްވާނެ. އަދި އޭޖީގެ ފަރާތުން ހަމަ ޕީޖީއަށްވެސް އޮންނަ އުސޫލުން ދަންނަވަންޖެހޭ ކަންތައްތައް ދަންނަވަމުން ގެންދަވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު