ސްޓެލްކޯއިން ދޭ ހިދުމަތްތަކާ މެދު ރައްޔިތުން ދެކޭގޮތް ދެނެގަތުމަށް އޮންލައިން ފީޑްބެކް ފޯމެއް ތައާރަފުކޮށްފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ އެ ފޯމަކީ އެ ކުންފުނިން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގައި ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން ހޯދުމަށް އެކުލަވާލާފައިވާ ފޯމެއް ކަމަށެވެ. އަދި އެ ފޯމު މެދުވެރިކޮށް ހިޔާލު ފޮނުވުމަށް ވަނީ އެދިފައެވެ.

އަދި އެ ފޯމު ސްޓެލްކޯގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓު ބިލު ބޮޑުކަމުގެ ޝަކުވާ ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިއާގައި ފެންމަތިވެއެވެ. އެ ޝަކުވާތައް ބަލައި، ސްޓެލްކޯއިން ގެންދަނީ އެކަމުގެ ސަބަބުތައް ސާފުކޮށްދެމުންނެވެ.