ދަރިވަރުންގެ އުފެއްދުންތެރިކަމާއި ވިޔަފާރީގެ ހުނަރު އިތުރުކުރުމުގެ މަގުސަދުގައި "އެމްއެންޔޫ އިނޮވޭޓް ހަބް ޕަވަޑް ބައި ދިރާގު" ތައާރަފު ކުރުމަށް ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ދިރާގުން ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ގާއިމުކޮށްފިއެވެ.
އެމްއެންޔޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޕާޓްނާޝިޕްގައި ސޮއިކޮށްފައިވާ އިރު، ދިރާގުން ބުނި ގޮތުގައި އެއީ ޒުވާނުން ކުރިއަށް ނެރެ، ޒުވާނުންގެ އުފެއްދުންތެރިކަމަށް ހިތްވަރުދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
އެ ޕާޓްނާޝިޕް މެދުވެރިކޮށް ދިރާހުން އެ ޕްރޮގްރާމަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ ތެރޭގައި މެންޓާޝިޕް ދިނުމާއި ޕިޗް އިވެންޓްތަކުގައި ޖަޖުންގެ ގޮތުގައި ބައިވެރިވުމާއި އިންކިއުބޭޝަންގެ މަރުހަލާތަކުގައި ބޭނުން ކުރުމަށް ދިރާގު ހައި ސްޕީޑް ފައިބާ އިންޓަނެޓް ފޯރުކޮށްދިނުން ހިމެނެއެވެ.
ދިރާގުން ބުނި ގޮތުގައި އެ ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އީޖާދީ ހިޔާލުތައް އަމަލީ ގޮތުން ބޭނުންކުރެވޭ ދެމެހެއްޓިނިވި ހައްލުތަކަކަށް ބަދަލުކުރުމަށް އެހީތެރިވެދިނުމަށެވެ. އޭގެ ތެރޭގައި ހިޔާލު އުފެއްދުން، މެންޓާޝިޕް، ހުނަރު ތަރައްގީކުރުމާއި ވެލިޑޭޝަން އަދި ދަރިވަރުންގެ އީޖާދީ ހިޔާލު ތަރައްގީކޮށް މާކެޓް ރެޑީ ސޮލިއުޝަން ތައްޔާރުކުރުން ހިމެނެއެވެ.
މި ޕްރޮގްރާމަކީ ސްޓްރެޓީޖިކް ލަނޑުދަނޑިތަކާއި ޔުނައިޓެޑް ނޭޝަންސްގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި އެއްގޮތުގެ މަތިން ޒިންމާދާރުކަމާއި ދެމެހެއްޓެނިވި ގޮތެއްގައި އީޖާދުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނި ގޮތުގައި އެ ޕާޓްނާޝިފަކީ އެ ކުންފުނިން ޒުވާނުން ބާރުވެރިކުރުވުމަށާއި ޑިޖިޓަލް އީޖާދުތައް ކުރިއެރުވުމަށާއި ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެކެވެ.
އަލީ ޔާމިން
ދިރާގު
ދިރާގު
ދިރާގު
ދިރާގު