އިންޓަނެޓް މެދުވެރިކޮށް ހިންގާ ސްކޭމްތައް އިތުރުވަމުންދާ އިރު، ދިރާގު "ނެޓްޕްރޮޓެކްޓް"ގެ އެހީގައި އެފަދަ ސްކޭމްތަކުން ރައްކާތެރިކަން ހޯދިދާނެކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގު "ނެޓްޕްރޮޓެކްޓް"އަކީ މޮބައިލް ފޯނުގެ އެސްއެމްއެސް، ސޯޝަލް އެޕްތަކުން އަންނަ ފިޝިން ލިންކްތަކަށް ފިތާލެވިގެން ލިބިދާނެ ގެއްލުންތަކުން އަދި އިންޓަނެޓް ބޭނުންކުރާ އިރު، ރައްކާތެރި ނޫން ވެބްސައިޓުތަކުން ރައްކާތެރިވެ ތިބުމަށް ބޭނުންކުރެވިދާނެ ހިދުމަތެކެވެ.
ދިރާގުން ބުނީ ލިންކްއަކަށް ފިއްތާލުމުން އެ ވެބްސައިޓަކީ ރައްކާތެރި ވެބްސައިޓެއް ނޫން ކަމުގައިވާ ނަމަ، އެ ހިދުމަތުގެ އެހީގައި އެ ވެބްސައިޓް ލޯޑްވުމުގެ ކުރިން ކަސްޓަމަރަށް އެކަން އެނގި، އެ ވެބްސައިޓަށް ވަނުމުން ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދޭނެ ކަމަށެވެ.
"އެގޮތުން، ދިރާގު 'ނެޓްޕްރޮޓެކްޓް'ގެ އެހީގައި ނޮވެމްބަރު މަހު އެކަނިވެސް ނުވަ މިލިއަނަށްވުރެ ގިނަ ސެކިއުރިޓީ ތުރެޓް ދެނެގަނެވި ކަސްޓަމަރުންނަށް ރައްކާތެރިކަމާއެކު ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރުމަށް ވަނީ އެހީތެރިވެދީފައެވެ. އަދި، ދިރާގު ނެޓްޕްރޮޓެކްޓުން އޭއައިގެ އެހީގައި އިންޓަރނެޓްގެ ތުރެޓްތައް ނުވަތަ ނުރައްކާތެރި ވެބްސައިޓްތަކުގެ މައުލޫމާތު އަބަދުވެސް ދާނީ އަދާހަމަ ކުރަމުންނެވެ..،" ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ މިއީ، ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިން ވެސް އިންޓަނެޓް ބޭނުންކުރާއިރު ރައްކާތެރިކަން ކަށަވަރުކުރުމުގައި އެހީތެރިވެދޭ ހިދުމަތެއް ކަމަށާއި އެގޮތުން، އެ ހިދުމަތުގެ އެހީގައި ކުޑަކުދިންނާ ނުގުޅޭ ކޮންޓެންޓް، ކުދިންނަށް ރައްކާތެރި ނޫން ވެބްސައިޓުތައް ދެނެގަނެ، އެފަދަ ސައިޓުތަކަށް ނުވަދެވޭނެހެން ބްލޮކް ކުރެވޭނެ ކަމަށެވެ. އަދި ވަކި ވެބްސައިޓުތަކަށް ވަދެވޭނެ ވަގުތުތައް ކަނޑައަޅައި، ބަޔެއް ވަގުތުތަކުގައި އެ ވެބްސައިޓުތައް ބްލޮކް ވެސް ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
އެ ހިދުމަތް ދިރާގު މޮބައިލް ކަސްޓަމަރުންނަށް މަހަކަށް އެންމެ 35 ރުފިޔާއަށް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މަހަކު އެންމެ 50 ރުފިޔާއަށް ދިރާގުއެޕް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެއެވެ. މިއީ، އިތުރު ސޮފްޓްވެއާއެއް ނުވަތަ އިތުރު އެޕްލިކޭޝަނެއް އިންސްޓޯލްކުރަން ނުޖެހި، ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް https://netprotect.dhiraagu.com.mv މެދުވެރިކޮށް ފަސޭހަކަމާއެކު ކަސްޓަމައިޒް ކުރެވޭ ހިދުމަތެއް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ދަނީ ރާއްޖެއަށް އެންމެ ޒަމާނީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، އެ ހިދުމަތްތައް ބޭނުންކުރުމުގައި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު