އުރީދޫ ފަން ރަން ހަރަކާތްތައް ފެށުމުގެ ގޮތުން ބާއްވާ ކުޑަކުދިންގެ ހަވީރުގައި ފްރީ ފްލައިން އެސޯސިއޭޝަންގެ މަކާއޯ ދޫނިތައްވެސް ބައިވެރިވާނެ ކަމަށް އުރީދޫން ބުނެފިއެވެ.
އުރީދޫން ބުނީ އެ ހަވީރުގައި ކުދިންނަށް ދޫނިތައް ކައިރިން ބަލައިލައި ދޫނިތަކާއެކު ފޮޓޯ ނެގުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށެވެ.
އުރީދޫ ފަން ރަން ކުޑަކުދިންގެ ހަވީރު އޮންނާނީ އެ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.
އުރީދޫން ބުނީ ކޮމިއުނިޓީ ފޯކަސްޑް ބްރޭންޑެއްގެ ހައިސިއްޔަތުން އުރީދޫން ދަނީ އާއިލާތައް އެއްތަނަކަށް އެއްވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގިނަ ފުރުސަތުތަކެއް ފޯރުކޮށްދެމުން ކަމަށެވެ. އެގޮތުން މިއަހަރުގެ ކުޑަކުދިންގެ ހަވީރުގައި ތަފާތު ގޭމްތަކާއި އިނާމުތައް ހިމަނާފައިވާނެ ކަމަށެވެ.
އަދި މި ހަވީރުގައި ކުޑަކުދިންގެ ފެވަރިޓެއް ކަމަށްވާ ރޮބޯމޭންގެ ހަރަކާތްތައް ވެސް ފެނިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
މި ހަރަކާތަކީ އުރީދޫ ފަން ރަން 2025 އަށް ތައްޔާރުވުމުގެ ގޮތުން ކުޑަކުދިންނަށް ހިތްފަސޭހަ، ހިތްގައިމު އަދި އާއިލާއާ ރައްޓެހި މާހައުލެއް ގާއިމްކޮށްދޭނެ އިވެންޓެއް ކަމަށްވެސް އުރީދޫން ބުންޏެވެ.
އުރީދޫން އިތުރަށް ބުނީ އެ ހަވީރުގައި ކޮންމެ މީހަކަށްވެސް ހިލޭ ބައިވެރިވެވޭނެ ކަމަށެވެ. އަދި އުރީދޫ ފަން ރަންގެ ހަރަކާތްތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާގައި ފޮލޯކުުރުމަށް ވަނީ އެދިފައެވެ.
އާއިޝަތު މާހާ
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް