ޓީޗަރުންނާއި ނަރުހުންނާއި ބިއުޓީޝަނުންނާއި ހެއާ ޑްރެސަރުން ހިމެނޭހެން އެތައް ވަޒީފާއަކަށް ބިދޭސީން ގެނައުން މަނާކުރެވޭ ގޮތަށް، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.
ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެެނެސް، ހޯމް މިނިސްޓްރީން ގެޒެޓުގައި މިދިޔަ އާދިއްތަ ދުވަހު އާންމުކޮށްފައިވާ އިސްލާހުގައި ވަނީ ބިދޭސީންނަށް ރާއްޖެއިން ވަޒީފާ ނުދެވޭނެ ދާއިރާތައް ކަމަށް ކެބިނެޓުން ކަނޑައަޅާފައިވާ ދާއިރާތައްް ބަޔާންކޮށް، އެ ދާއިރާތަކުން މިހާރު ދޫކޮށްފައިވާ ކޯޓާތައް ބާތިލުކުރަން ވަކި މުއްދަތެއް ދީފައެވެ.
ދެ އަހަރުގެ ތެރޭގައި ކޯޓާ ބާތިލުކުރާ ވަޒީފާތައް (ބިދޭސީންގެ):
- ހެއާ ޑްރެސަރުން
- ބިއުޓީޝަނުން
- ބޭބީ ސިޓާސް
- ޕާސަނަލް ޓްރެއިނާސް
- ގެސްޓް ރިލޭޝަން އޮފިސަރުން (އިންގްލިޝް)
- އިލެކްޓްރީޝަނުން
- އެކައުންޓެންޓުން
- ޓުއާ ގައިޑުން
- އިމާމުން
ތިން އަހަރު ދުވަހުގެ މުއްދަތަކަށްފަހު ކޯޓާތައް ބާތިލުކުރަންޖެހޭ ވަޒީފާތައް:
- ޑައިވަރުން
- ބިލްޑިން އިކްސްޕެކްޓަރުން
- ސާވޭޔަރުން
- ސައިޓް ސުޕަވައިޒަރުން
- ނަރުހުން
- ޕައިލެޓުން
ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ގަވައިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް ފަހު އިލެކްޓްރިކަލް އިންޖީނިއަރުންނާއި ޑައިވް އިންސްޓްރަކްޓަރުންނަށް ދޫކޮށްފައިވާ ކޯޓާތައް ބާތިލުވާނެއެވެ.
މީގެ އިތުރުން އެ ގަވައިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ހައުސް ކީޕިން މެނޭޖަރުންނާއި ހިއުމަން ރިސޯސް މެނޭޖަރުންނާއި ފްރަންޓް އޮފީސް މެނޭޖަރުންނާއި ޕްރައިމަރީ އަދި ސެކަންޑަރީ ޓީޗަރުންގެ ކޯޓާތައް ބާތިލުކުރާނެ ކަމަށެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ. އެ އޮޕަރޭޝަންގެ ތެރެއިން ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓްކޮށްފައިވާ އިރު، 191،723 ބިދޭސީންގެ ބަޔޯމެޓްރިކްސް ވަނީ ނަގައިފައެވެ.
އަލީ ޔާމިން
ބިދޭސީ މަސައްކަތްތެރިން
ބިދޭސީ މަސައްކަތްތެރިން
ބިދޭސީ މަސައްކަތްތެރިން
ބިދޭސީ މަސައްކަތްތެރިން